ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭ ހިސާބުގައި އާންމުކޮށް ކުރަމުންދާ ވިއްސާރަ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
ރެއިންއްސުރެ މާލެ އާއި ރާއްޖޭގެ އެކި ހިސަާބުތަކަށް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.
މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ މިއީ ދެ މޫސުން ބެދޭތީ ނުވަތަ ދެ މޫސުން ދޭތެރޭ ކުރާ ވިއްސާރަ ކަމަށެވެ. އަދި މިއީ ކޮންމެ އަހަރަކުވެސް އަންނަ މޫސުމީ ވިއްސާރައެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ ކުރިއަށް އޮތް ތިން ދުވަހުވެސް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި މިދުވަސްވަރު ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ވިދާޅުވިއެވެ.
"މިއީ ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭތީ ކުރާ ވިއްސާރަ އެއް. ވައި އެހައި ގަދަވާނެ ކަމަކަށް ލަފާ ނުކުރެވޭ. އެކަމަކު މުޅި ރާއްޖެއަށްވެސް ވާރޭ ވެހޭނެ ކުރިއަށް މިއޮތް ތިން ދުވަހުވެސް." އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު