މާލޭގައި އަގު ދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ޕާކުކުރުމަށް ހާއްސަކޮށް ހުޅުވާލި 211 ޖާގައަށް ކުރިމަތިލީ މީހުންގެ މެދުގައި ގުރު ނަގައި، ސްލޮޓްތައް ލިބުން ފަރާތްތައް އިއުލާނު ކުރީ ދެފުށް ފެންނަ ހާމަކަން ބޮޑު ގޮތެއްގައި ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޕީޕީއެމް ކައުންސިލަރުން ވިދާޅުވެއްޖެއެވެ.
ޕާކުކުރުމަށް ހާއްސަކޮށް ހުޅުވާލި 211 ޖާގައަށް ކުރިމަތިލީ މީހުންގެ މެދުގައި ގުރު ނަގައި، ސްލޮޓްތައް ލިބުނު ފަރާތްތައް އިއުލާނު ކުރީ ހަރުދަނާ އިޖުރާއަތެއް ނެތިކަމަށް ބުނެ މާލޭ ސިޓީ ކައުންސިލުގެ އެމްޑީޕީ ކައުންސިލަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
އެމްޑީޕީގެ ކައުންސިލަރުން ސޮއިކުރައްވައި އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ގުރުއަތުލުން ކުރިއަށް ގެންދިޔައީ، އެ މަސައްކަތް ކުރުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެކުލަވައިލެއްވި ކޮމިޓީއަށް ނޭނގި، އެ ކޮމިޓީގެ ބައިވެރިވުން ނެތި ކަމަށެވެ. އަދި ގުރުއަތުލީ ކުރިމަތިލި އެންމެންގެ ހާޒިރުގައި ނޫން ކަމަށެވެ.
އެކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމް ކައުންސިލަރުންގެ ފަރާތުން ރޭ ނެރުނު ބަޔާނުގައި ބުނީ ގުރުނެގުން ކުރިއަށް ގެންގޮސްފައިވަނީ، ދެފުށް ފެންނަ ހާމަކަން ބޮޑު ގޮތެއްގައި، ދައުލަތުގެ މީޑިއާ އާއި ރާއްޖެ ޓީވީ ގެ ކުރިމަތީގައި ކަމަށެވެ. އަދި ގުރުނެގުމުގެ އެންމެހައި ކަންކަން ދައުލަތުގެ މީޑިއާ (ޕީއެސްއެމް) އަދި ރާއްޖެ ޓީވީ އާއި މާލޭ ސިޓީ ކައުންސިލްގެ ފޭސްބުކާއި ޓުވިޓާ އިން ވަގުތުން ދައްކަމުން ދިޔައިރު ގުރުއަތުން ދިމާވާ ސްލިޕް ނަންބަރުތައް ގިނަ މީޑިއާތަކުން ގެނެސްދެމުން ދިޔަކަމަށެވެ.
މީގެ އިތުރުން އެބަޔާނުގައި ބުނީ، ގުރު ނެގުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންގޮސްފައިވަނީ ކޮމެޓީގައި ހިމެނޭ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސައިފު ފަތިހު ފިޔަވައި ދެން ތިއްބެވި ހަ މެންބަރުންގެ ތާއީދާ އެކު ކަމަށެވެ.
މާލޭގައި އަގު ދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް ޕާކުކުރުމަށް ހާއްސަކޮށް ހުޅުވާލި 211 ޖާގައަށް ކުރިމަތިލީ މީހުންގެ މެދުގައި ނެގި ގުރުއަތުގައި ސުވާލު އުފެދޭ ކަންކަން ހުރުމުން އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށްވެސް ވަނީ ހުށަހަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު