މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ "ފިޝަރީޒް އެކްސްޕޯ" މާދަމާ ފެށުމަށް ހަމަޖައްސައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން މިރޭ ބުނީ، މިއަހަރުގެ މަސްވެރިންގެ ދުވަސް ކ. ގާފަރުގައި ފާހަގަކުރަމުން އަންނަ އިރު، އެރަށުގައި ފިޝަރީޒް އެކްސްޕޯ މާދަމާ ފަށާނެ ކަމަށެވެ.
ގާފަރު ބަނދަރު ސަރަހައްދުގައި ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވާ ފިޝަރީޒް އެކްސްޕޯ މާދަމާއިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާނެއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ އެ އެކްސްޕޯއަކީ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޕްރޮޑަކްޓުތައް އެއްތަނަކުން ދައްކާލައި އެތަކެތި އާންމުންނަށް ތައާރަފުކޮށްދީ، އެ މައުލޫމާތު އާންމުންނަށް ދިނުމަށް ބާއްވާ އެކްސްޕޯއެއް ކަމަށެވެ. އެގޮތުން މަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކުންނާއި މަސްވެރިކަމާ ގުޅޭ ޒަމާނީ އާލާތްތަކާއި ވަސީލަތްތައް ބާޒާރުކުރާ ފަރާތްތަކުގެ ޕްރޮޑަކްޓުތައް ދައްކާލައި، އެތަކެއްޗާ ގުޅޭ މައުލޫމާތު މަސްވެރިންނަށާއި އާންމު ފަރާތަކަށް އެ އެކްސްޕޯގައި ދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި އެކްސްޕޯގައި މަސްވެރިކަމާ ގުޅުން ހުރި ތަކެތި އިޝްތިހާރުކުރުމާއި ވިޔަފާރި އުސޫލުން ވިއްކުމަށްވެސް އެކްސްޕޯގެ ބައިވެރިންނަށް ފުރުސަތު ދޭނެއެވެ.
ގައުމީ މަސްވެރިންގެ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެވެސް ޑިސެންބަރު މަހުގެ ދިހަވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު