މާލޭގައި ބާއްވާ އެންމެ ބޮޑު މަގުމަތީ ބާޒާރު، "ސިޓީ ނައިޓް މާކެޓް"ގެ މެއިން ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

އުރީދޫން މިއަދު ބުނީ، ޕްރިޒަމް ހޯލްޑިންގްސް އިން މާލޭގައި ބާއްވާ ސިޓީ ނައިޓް މާކެޓުގެ މެއިން ސްޕޮންސަރަކަށް އެކުންފުނި ހަމަޖެއްސުމަކީ އެކުންފުންޏަށް ލިބޭ ޝަރަފެއް ކަމަށެވެ.

އެ ނައިޓް މާކެޓް ކުރިއަށްދާނީ މިމަހުގެ 26 އިން އަންނަ މަހުގެ ފަހެއްގެ ނިޔަލަށް ރަސްފަންނު ސަރަހައްދުގައެވެ.

އެ ނައިޓް މާކެޓް ހާއްސަކޮށްފައިވަނީ ކާބޯތަކެއްޗާއި އާންމު މުދަލަށެވެ. ނައިޓް މާކެޓަށް 238 ސްޓޯލް ދޫކުރާ އިރު، 189 ސްޓޯލް މިހާރުވެސް ވަނީ ބުކްކޮށްފައެވެ.

ސިޓީ ނައިޓް މާކެޓް ހިންގާ ޕްރިޒަމް ހޯލްޑިންގްސް އިން ބުނީ، އެ ނައިޓް މާކެޓުގެ މަގުސަދަކީ ފިހާރަތަކުން ނުވިކި ހުންނަ މުދާ ހެޔޮ އަގުގައި ވިއްކުން ކަމަށެވެ.