ދަތުރުކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު ވެއްޓި ހިނގި ހާދިސާގައި، އިންޑިއާގެ ޗީފް އޮފް ޑިފެންސް ސްޓާފް އަދި އޭނާގެ އަނބިކަނބަލުން އަވަހާރަވެއްޖެއެވެ.
ކޮއިމްބަތޫރުގެ ސުލޫރު އަސްކަރީ ބޭސް އިން ވެލިންގްޓަންގައި ހުންނަ ޑިފެންސް ސާވިސް ކޮލެޖަކަށް ދަތުރުކުރައްވަމުން ދަނިކޮށް ޖެނެރަލް ބިޕިން ރާވަތު އިންނެވި ހެލިކޮޕްޓަރު ވެއްޓުނީ މިއަދު މެންދުރުގެ ވަގުތެއްގައި ޓަމިލް ނާޑޫގެ ސަހަރެއް ކަމަށްވާ ކޫނޫރަށެވެ.
އެ ހެލިކޮޕްޓަރުގައި ޖެނެރަލާއި އޭނާގެ އަނބިކަނބަލުން ހިމެނޭހެން 14 މީހަކު ދަތުރުކުރިއެވެ.
ރިޕޯޓުތައް ބުނާ ގޮތުން، އެ ހާދިސާގައި އެކަކު ފިޔަވައި ބާކީ ތިބި އެންމެން ވަނީ މަރުވެފައެވެ. އެކްސިޑެންޓުގައި ސަލާމަތްވި ހެލިކޮޕްޓަރު ދުއްވަން އިން ޕައިލެޓަށް އަސްކަރީ ހޮސްޕިޓަލެއްގައި މިވަގުތު ދަނީ ފަރުވާ ދެމުންނެވެ.
މި އެކްސިޑެންޓު ހިނގާފައިވާ ގޮތުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ސަރުކާރުން އަމުރު ނެރެފައިވާ އިރު، އެ ހާދިސާގެ ފުރިހަމަ މައުލޫމާތު މިއަދުގެ ފަހުގެ ވަގުތެއްގައި ގާނޫނު ހަދާ މަޖިލީހާ ހިއްސާކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ވެއްޓުނު އިންޖީނުލީ އެ މަރުކާގެ ހެލިކޮޕްޓަރަކީ ސަރުކާރުގެ މަތީ ފެންވަރުގެ ބޭފުޅުން ދަތުރު ކުރެއްވުމުގެ އިތުރަށް ބޮޑުވަޒީރުވެސް ދަތުރުކުރައްވާ ހެލިކޮޕްޓަރެކެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ