މާލެއިން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެއެވެ.

ފުލުހުން ގެއްލިގެން ހޯދަމުން ދިޔައީ ދ. މީދޫ / ނޫރާނީވިލާ، އަލީ އިސްމާއީލް (54އަހަރު) އެވެ.

އަލީ އިސްމާއީލް އަށް ވީނުވީއެއް ނޭނގި ގެއްލިގެން އޭނާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ ދެވަނަ ދުވަހުއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑީއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ އޭނާ ހޯދަމުންދާކަން އެނގިގެން އޭނާ މިއަދު ވަނީ އައްޑޫ ސިޓީ ޕޮލިހަށް އަމިއްލައަށް ހާޒިރުވެފައި ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ބުންޏެވެ.