ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، އައިއޯސީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ނައިބު ރައީސް ފަސްވަނަ އިންޑިއަން އޯޝަން ކޮންފަރެންސް 2021 ގައި ބައިވެރިވެވަޑައިގަތުމަށް ޔޫއޭއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު މިއަދު ނިންމަވާލައްވައިފި ކަމަށެވެ. އަދި މި ދަތުރުފުޅުގައި ނައިބު ރައީސްގެ އަރިހުގައި ދިވެހި ހާރިޖިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބޭފުޅުން ހިމެނޭ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
އޭގެ އިތުރުން މި ދަތުރުފުޅުގައި އެމަނިކުފާނު، ފަސްވަނަ އިންޑިއަން އޯޝަން ކޮންފަރެންސް 2021 ފެށުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނުގެ ގޮތުގައިވެސް ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ.
ރައީސް އޮފީހުން އިތުރަށް ބުނީ، މި ދަތުރުފުޅުގައި ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ، ނައިބު ރައީސްގެ އަރިހަށް ވަނީ އިހުތިރާމުގެ ޒިޔާރާތެއް ކުރައްވާފައި ކަމަށެވެ. އަދި ނައިބު ރައީސް ވަނީ އިންޑިއަން އޯޝަން ކޮންފަރެނެސް 2021ގެ ހަވާސާގައި، އިންޑިއަން ފައުންޑޭޝަންގެ ގަވާނިން ކައުންސިލުގެ މެންބަރު ރާމް މާދަވް އާއި ސްރީލަންކާގެ އިންސްޓިޓިއުޓް އޮފް ނޭޝަނަލް ސެކިއުރިޓީ ސްޓަޑީޒް (އައިއެންއެސްއެސް) ގެ ޑިރެކްޓާ ޖެނެރަލް ޕްރޮފެސާ ރޯހަން ގުނަރަތުނަ އާ ވެސް ބައްދަލުކުރައްވާފައި ކަމަށެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އަބޫދާބީގައި ހުންނަ ދިވެހިރާއްޖޭގެ އެންބަސީއަށް ވެސް ޒިޔާރަތްކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު