މާލޭގައި އަގު ދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ޕާކުކުރުމަށް ހާއްސަކޮށް ހުޅުވާލި 211 ޖާގައަށް ކުރިމަތިލީ މީހުންގެ މެދުގައި ގުރުއަތު ނަގައިފިއެވެ.
މިދިޔަ ޖުލައި މަހުގެ ތެރޭގައި ސިޓީ ކައުންސިލުން ވަނީ 350 ކިލޯގެ ޕިކަޕާއި ވޭނާއި ކާރަށް ޖާގަ ދޫކުރުމަށް، މާލޭގެ ދިހަ ސަރަހައްދުން ޖުމްލަ 211 ޖާގައަށް ކުރިމަތިލުމަށް ހުޅުވައިލައިފައެވެ.
މާލޭ ސިޓީ ކައުންސިލްގެ އިދާރާގައި ރޭ ކުރިއަށްގެންދިޔަ ގުރު ނެގުމުގެ ރަސްމިއްޔާތުގައި މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ، ޕާކިން ސޮލޮޓް ލިބުން މީހުންގެ ލިސްޓް މިއަދުގެ ވަގުތެއްގައި ސިޓީ ކައުންސިލްގެ ވެބްސައިޓާއި ޝޯޝަލް މީޑިއާގެ ފްލެޓްފޯމްތަކުގައި އާންމު ކުރާނެ ކަމަށެވެ.
"އެހާ ހިސާބުން ފެށިގެން އެ ފަރާތްތަކާ ގުޅައިގެން އެގްރީމަންޓް ހެދުމުގެ ކަންކަން އަޅުގަނޑުމެން ކުރަމުން ގެންދާނަން." ނަރީޝް ވިދާޅުވިއެވެ.
ނަރީޝް އިތުރަށް ވިދާޅުވީ، ޕާކިން ސްލޮޓް ބޭނުންވެގެން 965 މީހަކު ކުރިމަތިލާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު