ނެޝަނަލް ސެންޓާ ފޮ ދި އާޓްސް އާއި މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީން އިންތިޒާމިކޮށްގެން ބާއްވާ މިއަހަރުގެ އާޓް އެގްޒިބިޝަން "އަންވެއިލިން ވިޝަން 2021" ފަށައިފިއެވެ.
ނޭޝަނަލް އާޓް ގެލަރީގައި މިއަހަރުގެ އާޓް އެގްޒިބިޝަން މިއަދު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
މިއަހަރުގެ އެގްޒިބިޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެރިޓޭޖް އެންޑް އާޓްސް މިނިިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ، ރާއްޖޭގައި ވަރަށް ހުނަރުވެރި ފަންނުވެރިން އެބަތިބި ކަމަށާއި ފަންނުވެރިންގެ ހުނަރުތައް މުޅި ދުނިޔެއަށް ދައްކާލުމަށް އާޓް އެގްޒިބިޝަން މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.
މިއަހަރުގެ އެގްޒިބިޝަންގައި ވަނީ ވާޗުއަލް އާޓް ގެލަރީއެއްވެސް ތައާރަފުކޮށްފައެވެ.
މިއަހަރު އާޓް އެގްޒިބިޝަން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ މޯސްޓް ވައިބްރެންޓް އާޓިސްޓުންނަށް އެވޯޑް ދީފައެވެ. އެ ފަރާތްތަކަށް އެވޯޑު ހަވާލުދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
- ޑްރޮވިން ކެޓަގަރީ - އިސްމާއިލް މާއިޝް މުހައްމަދު
- ޕެއިންޓިން ކެޓަގަރީ - މަރިޔަމް ބަރްޝާ މުހައްމަދު
- ކެލިގްރަފީ ކެޓަގަރީ - ހަސަން ނާޖިހް
- ޑިޖިޓަލް އާޓް ކެޓަގަރީ - އަލީ އިމްތިޝާލް
- މިކްސް މީޑިއާ ކެޓަގަރީ - އައިޝަތު ސަޖިޔާން އަބްދުއްސައްތާރު
މިއަހަރުގެ އާޓް އެގްޒިބިޝަންގައި 67 އާޓިސްޓުން ބައިވެރިވެއެވެ. މިއަހަރުގެ އެގްޒިބިޝަން ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ 15 ގެ ނިޔަލަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު