އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާއިން މަނީލޯންޑާ ކުރި މައްސަލައިގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމަށް ކުރިމިނަލް ކޯޓުން ކުރި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް އިއްވި ދުވަހުން ފެށިގެން އެމަނިކުފާނު މިނިވަންވުމާ ހަމައަށް، ކުރީގެ ރައީސުންނަށް ދޭންޖެހޭ އިނާޔަތް ހަމަޖައްސައިދޭން ރައީސް ޔާމީންގެ ފަރާތުން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅުއްވައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ލައްމާން ވަހީދު މިއަދު "ވަން"އަށް ވިދާޅުވީ، ރައީސް ޔާމީން ބަންދުގައި ހުންނެވި މުއްދަތުގައި އިނާޔަތް ހޯއްދެވުމަށް އެމަނިކުފާނުގެ ވަކީލުން މިދިޔަ ބުރާސްފަތި ދުވަހު އެ މިނިސްޓްރީއަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން މިނިސްޓްރީން އަދި ވަކި ގޮތެއް ނިންމާފައިނުވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމިންގެ މައްޗަށް ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން މިދިޔަ އަންގާރަ ދުވަހު ބާތިލު ކުރި ހިސާބުން ކުރީގެ ރައީސުންނަށް ލިބެންޖެހޭ އިނާޔަތާއި ސެކިއުރިޓީ ސަރުކާރުން ދަނީ ހަމަޖައްސައިދެމުންނެވެ.
އެއް ދައުރު ވެރިކަން ކޮށްފައިވާ ރައީސުންނަށް އިނާޔަތުގެ ގޮތުގައި، މަހަކަށް 275،000 ރުފިޔާ ލިބޭނެއެވެ. އެއީ މާލީ އިނާޔަތުގެ ގޮތުގައި މަހަކު 50،000 ރުފިޔާއާއި ދިރިއުޅުއްވާ ތަނުގެ ހަރަދަށް މަހަކު 50،000 ރުފިޔާ އަދި އޮފީސް ހިންގެވުމުގެ ހަރަަދަށް މަހަކު 175،000 ރުފިޔާއެވެ.
އޭގެ އިތުރުން ބޭސްފަރުވާގެ ގޮތުގައި އަހަރަކަށް 700،000 ރުފިޔާ ކަނޑައަޅާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު