ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިތުރު ވަގުތީ މިސްކިތެއް އިމާރާތްކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދެވަނަ ވަގުތީ މިސްކިތެއް އެޅުމަށްވެސް ހަވާލުކޮށްފައިވަނީ ކުރިންވެސް ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތް އަޅަން ހަވާލުކުރި ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ދައުލަތުގެ ބަޖެޓުން 3.1 މިލިއަން ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވާ މި މިސްކިތުގައި އެއްފަހަރާ 600 މީހުންނަށް ނަމާދު ކުރެވޭނެ ކަމަށެވެ. އަދި ފިރިހެނުންގެ އިތުރުން އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމުވެސް މި މިސްކިތުން ހަމަޖެހިގެންދާނެ ކަމަށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފުރަތަމަ ވަގުތީ މިސްކިތުގެ މަސައްކަތް ޔެސް މޯލްޑިވްސްއާ ހަވާލުކޮށްފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ. އަދި އެ މިސްކިތުގެ މަސައްކަތް އެކުންފުނިން ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
އަށްޑިހަ ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ އެ މިސްކިތަކީ 450 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި އެ މިސްކިތް އިމާރާތް ކުރުމަށް ދައުލަތުގެ ބަޖެޓުން ޖުމުލަ 4.3 މިލިއަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު