ކޮވިޑު ވެކްސިންގެ ބޫސްޓާ ޑޯޒް، ޖެސުމުގެ ފުރުސަތު އަންނަ މަހު އާންމުންނަށް ހުޅުވާލާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިހާރު ބޫސްޓަ ޑޯޒް ދެމުން އަންނަނީ އުމުރުން 50 އަހަރުގެ މީހުންނަށެވެ.
ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރު ބޫސްޓަ ވެކްސިން ޝޮޓްތައް މި ދެނީ 50 އަހަރުން މަތީ މީހުންނަށް ކަމަށެވެ.
އެހެން ނަމަވެސް ސިއްހީ ދާއިރާ އާއި، ޓޫރިޒަމް އަދި އެއާޕޯޓް ފްރޮންޓްލައިން ސްޓާފުންނަށް ބޫސްޓާ ޝޮޓްތައް މި ހަފުތާގައި ފަށާނެ ކަމަށާއި އާންމު ރައްޔިތުންނަށް ހާއްސަކޮށްގެން ބޫސްޓަ ޕްރޮގްރާމް ފަށާނީ އަންނަ މަހުގެ މެދުތެރޭގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ޝަރުތު ހަމަވާ ފަރާތްތަކަށް އެމީހުންގެ ބޫސްޓާ ޝޮޓް ވީ އެންމެ އަވަހަކަށް ހޯދުމަށް އިލްތިމާސް ކުރަން." އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގައި 7000 އަށްވުރެ ގިނަ މީހުން މިހާރު ވަނީ ބޫސްޓަ ޑޯޒް ޖަހާފަ އެވެ. ބޫސްޓަ ޑޯޒްގެ ގޮތުގައި ރާއްޖޭގައި ބޭނުން ކުރަނީ ފައިޒާ ވެކްސިނެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު އެންމެ އަޑުގަދަވެފައިވަނީ ކޮވިޑުގެ އާ ވޭރިއެންޓެއްގެ އިންޒާރުގެ ވާހަކަ އެވެ. ރާއްޖެއިންވެސް މި ވޭރިއެންޓަށް ތައްޔަަރުވަމުން އަންނަ ކަމަށަ އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު