ޚަބަރު

އެނބޫދޫ ފަޅުގައި ހަދާ އެސްއޯ/ ހޮޓެލްސްގެ ރިސޯޓުގެ ބިންގާ އަޅައިފި

ގިނަ ރިސޯޓުތަކެއް ހިންގާ އެނބޫދޫ ފަޅުގައި ފްރާންސްގެ މަޝްހޫރު އެކޯ ހޮޓެލްސްގެ ލައިފް ސްޓައިލް ބްރޭންޑް "އެސްއޯ/ ހޮޓެލްސް" އިން ރާއްޖޭގައި ހަދާ ފުރަތަމަ ރިސޯޓުގެ ބިންގާ އިއްޔެ އަޅައިފިއެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގެ ތިން ވަނަ ރަށުގައި ހަދާ އެ ރިސޯޓަކީ އެކޯ އާއި ތައިލެންޑުގެ އެސް ހޮޓެލްސް އެންޑް ރިސޯޓްސް އާއި މިޔަންމާގެ މަޝްހޫރު ބިޒްނަސް އަދި ރިއަލް އެސްޓޭޓް ކުންފުނި ވައި އެކޯ ވޯލްޑް ޑިވެލޮޕާ (ޑަބްލިޔުއީޑަބްލިޔުޑީ) އާއެކު ހަދާފައިވާ ހޮޓެލްސް މެނޭޖްމަންޓް އެއްބަސްވުމެއްގެ ދަށުން ހިންގާ ރިސޯޓެކެވެ.

މިއީ ރާއްޖޭގައި ހުޅުވާ އެސްއޯ/ ބްރޭންޑުގެ ފުރަތަމަ ރިސޯޓެވެ. އަދި މިއީ ރާއްޖޭގައި ހުޅުވާ އެކޯގެ ހަ ވަނަ ބްރޭންޑެވެ.

މޫދު ވިލާގެ އިތުރުން ބީޗު ވިލާވެސް ހިމެނޭ ގޮތުން ހަދާ އެ ރިސޯޓަކީ 80 ވިލާގެ ރިސޯޓެކެވެ. އެ ރިސޯޓް ހުޅުވަން ނިންމާފައި ވަނީ 2023 ވަނަ އަހަރެވެ.