ސްކޫލުތަކުން އެދިފައިވާގޮތަށް އޭ ލެވެލް އިމްތިހާނު އޮކްޓޯބަރު/ނޮވެންބަރުގައި ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ، އޭ ލެވެލް އިމްތިހާން މެއި/ޖޫންގައި ހަދާ ގޮތަށް ކުރިން އޮތް ނަމަވެސް، އޯގަސްޓް މަހު ދިރާސީ އަހަރު ފަށާފައި، ޖޫން މަހުގެ އިމްތިހާނަށް ދަރިވަރުން ތައްޔާރުކުރުމުގައި ދަތިތަކެއް މެދުވެރިވާ ކަމަށް ސްކޫލުތަކުން ފާހަގަކޮށްފައިވާ ކަމަށެވެ.
އެގޮތުން އޭލެވެލް ހަދާ ހުރިހާ ސްކޫލުތަކެއްގެ ޕްރިންސިޕަލުންނާއެކު އެކަމާ ގުޅޭ މަޝްވަރާތައް ކޮށްފައިވާ ކަމަށާއި ސްކޫލުތަކުން ފާހަގަކުރާގޮތުގައި، މެއި/ޖޫންގައި އިމްތިހާން ހަދާނަމަ ގައިޑެޑް ލާނިންގެ ގޮތުގައި ދަރިވަރުންނަށް ބޭނުންވާ 180 ގަޑިއިރު ހަމަކުރުމަށް ދަތިވާނެ ކަމަށެވެ.
އެހެންކަމުން ސްކޫލުތަކުން ހުށަހަޅާފައިވާ ގޮތަށް މިއަހަރުގެ އޭލެވެލް އިމްތިހާނު އަންނަ އޮކްޓޫބަރު/ނޮވެންބަރުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެ ސާކިއުލާގައިވެއެވެ.
ދިރާސީ ކަލަންޑަރަށް ބަދަލުތަކެއް ގެންނަން ޖެހިފައިވަނީ ކޮވިޑާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ސްކޫލުތައް ބަންދުކުރަން ޖެހުމުންނެވެ. އެކަމާ ގުޅިގެން ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭ ތާރީހާއި އިމްތިހާނުތައް ބާއްވާ ތާރީހުތަކަށް ވެސް ބަދަލުތަކެއް ގެނެސްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު