ގައުމީ އެއާލައިން، މޯލްޑިވިއަނުން ބަންގުލަދޭޝްގެ ޑާކާއަށް ކުރާ ދަތުރުތަކުގެ އަގުހެޔޮކޮށްފިއެވެ.
މޯލްޑިވިއަނުން ބުނީ، ޑާކާއަށް ކުރާ ދަތުރުތަކުގެ އަގުހެޔޮކޮށް ލަގެޖް އެލަވަންސް 40 ކިލޯއަށް މަތިކޮށްފައިވާ ކަމަށެވެ.
އެގޮތުން މިހާރު މާލެ، ޑާކާ ދެކޮޅު ޓިކެޓް ފެށޭ އަގަކީ 406 ޑޮލަރެވެ. އަދި އެއްކޮޅު ޓިކެޓުގެ އަގަކީ 225 ޑޮލަރެވެ. މީގެ ކުރިން އެއްކޮޅު ޓިކެޓުގެ އަގު އުޅުނީ 350 ޑޮލަރުން މަތީގައެވެ.
މޯލްޑިވިއަނުން އިތުރަށް ބުނީ، ޑާކާއަށް ކުރާ ދަތުރުތަކުގެ ލަގެޖް އެލަވަންސަކީ މިހާރު 40 ކިލޯ ކަމަށާއި އަދި ކުރިއެކޭ އެއްގޮތަށް މިހާރުވެސް ހަފުތާއަކު ތިން ދުވަހު ޑާކާއަށް ދަތުރުތައް ހަމަޖެހިފައިވާ ކަމަށެވެ.
މޯލްޑިވިއަނުން މި ފަހުން އިންޑިއާގެ ނިއު ދިއްލީއަށް ދަތުރުތައް ފަށާފައިވާ އިރު، މިހާރުވެސް އިންޑިއާގެ ޗެންނާއީ އާއި ކޮޗިން އާއި މުމްބާއީގެ އިތުރުން ޓްރެވިންޑްރަމަށް ވެސް އަންނަނީ ދަތުރުތައް ބާއްވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު