އެސްޓީއޯ އާއި ޓްރީޓޮޕް ހޮސްޕިޓަލް ގުޅިގެން "ފަހުރުވެރި އާއިލާއަށް" ނަމުގައި އަލަށް އުފަންވާ ކުދިންނަށް ހާއްސަ ގިފްޓް ހެމްޕާއެއް ދޭ ކެމްޕެއިނެއް ފަށައިފިއެވެ.
އެސްޓީއޯ އިން ބުނީ މި ކެމްޕެއިން ކުރިއަށްގެންދަނީ ޓްރީޓޮޕް ހޮސްޕިޓަލާ ގުޅިގެން ކަމަށާއި މިއީ މިމަހުން ފެށިގެން ކުރިއަށްދާ ކެމްޕެއިނެއް ކަމަށެވެ.
"ފަހުރުވެރި އާއިލާއަށް" ނަމުގައި އެސްޓީއޯއިން ކުރިއަށްގެންދާ މި ކެމްޕެއިންގައި ގިފްޓް ހެމްޕާ ހަވާލުކުރަނީ ހަމައެކަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި އުފަންވާ ކުޑަކުދިންގެ އާއިލާތަކަށެވެ.
އެސްޓީއޯއިން ބުނީ ޓްރީޓޮޕް ހޮސްޕިޓަލުގައި އަލަށް އުފަންވާ ކުދިންނަށް ދެވޭ މި ގިފްޓް ހެމްޕާގައި ގިނަ މީހުންގެ މަގުލޫބުކަން ހޯދާފައިވާ އެސްޓީއޯގެ ޕްރޮޑަކްޓުތައް ހިމެނޭނެ ކަމަށެވެ. އެގޮތުން މިވަގުތު ބާޒާރުގައި ލިބެން ހުރި އެންމެ ކޮލިޓީ ނެޕީ ކަމުގައިވާ ހަގީސް ނެޕީ އަދި ހަގީސްގެ ވޮންޑާ ޕޭންޓްސް މި ގިފްޓް ހެމްޕާގައި ހިމެނޭނެ ކަމަށް އެކުންފުނިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު