ޚަބަރު

މިނިސްޓަރު މާރިޔާ އިންޑިއާއަށް ވަޑައިގެންފި

ރިފާ ހަލީލު

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިންޑިއާއަށް ވަޑައިގެންފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނީ އަންނަ ހޮނިހިރު ދުވަހު އިންޑިއާގެ ކެރެލާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕާސިން އައުޓް ޕެރޭޑު ޝަރަފްވެރިކޮށްދެއްވުމަށް ބޭރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން މާރިޔާ މިއަދު އިންޑިއާއަށް ވަޑައިގެންފައިވާ ކަމަށެވެ.

މިނިސްޓަރު މާރިޔާ އިންޑިއާއަށް ކުރައްވާ މި ދަތުރަކީ ހަ ދުވަހުގެ ދަތުރެއް ކަމަށް އިންޑިއާގެ ކެރަލާގައި ހުންނަ ޑިފެންސް މިނިސްޓްރީގެ ޕަބްލިކް ރިލޭޝަންސް ޔުނިޓުން ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.

މި ދަތުރުގައި އިންޑިއާގައި އެކި ތަމްރީނު ހަދަމުންދާ އެމްއެންޑީއެފްގެ އޮފިޝަލުންނާ މާރިޔާ ބައްދަލުކުރެއްވުމަށް ވަނީ ނިންމަވައިފައެވެ. އަދި ޑިފެންސް ޓްރެއިނިން ފެސިލިޓީތަކަށްވެސް މިނިސްޓަރު ޒިޔާރަތްކުރައްވާނެއެވެ.