ހއ. ބަރަށު ސްކްގެ ޕްރިންސިޕަލްގެ ސައިކަލުގައި ބަޔަކު ރޯކޮށްލައި އަންދާލައިފި އެވެ.
ބާރަށު ކައުންސިލް ރައީސް ސޮފްއަތު މުހައްމަދު "ވަން" އަށް މިއަދު ވިދާޅުވީ އެރަށު ސްކޫލް ޕްރިންސިޕަލްގެ ސައިކަލުގައި ބަޔަކު ރޯކޮށްލާފައިވަނީ ރޭ ދަންވަރު 2:45 ހާއިރު ކަމަށެވެ.
ސޮފްއަތު ވިދާޅުވީ އެރަށު ސްކޫލް ޕްރިންސިޕަލް އަކީ ނ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ މީހެއް ކަމަށެވެ. އަދި ބާރަށު މީހަކާއި ޒުވާބު ކޮށް ނުވަތަ އެވަރުގެ ގެއްލުމެއް ދޭނެ ވަރުގެ ކަމެއް ޕްރިންސިޕަލްގެ ފަރާތުން ހިނގާފައިވާ ކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.
"ނޭނގެ ސީދާ ބުނާކަށް މިއީ ކީއްވެގެން ކުރި ކަމެއް ކަމަށް. މީގެ ކުރިން އެއްވެސް އިންޒާރެއް ދީފަ އޮތް ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވޭ." އޭނާ ވިދާޅުވި އެވެ.
ސޮފްއަތު ވިދާޅުވީ ސައިކަލްގައި ބަޔަކު ރޯކޮށްލާފައިވަނީ ޕްރިންސިޕަލް ދިރިއުޅޭ ގެ ކައިރީގައި ޕާކް ކޮށްފައި ހުއްޓާ ކަމަށާއި ސައިކަލް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
މިކަމާ ގުޅިގެން ބާރަށު ސްކޫލްގެ ޕްރިންސިޕަލަށް ގުޅުމުން ފޯނަށް ޖަވާބު ދީފައި ނުވާތީ އޭނާގެ ބަހެއްވެސް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު