މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް އުމުރުން ދުވަސްވީ ފިރިހެނަކު ފެނިއްޖެ އެވެ.
ފުލުހުން ބުނީ ހެންވޭރު ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓު ލިބުނީ މިއަދު 14:30ގައި ކަމަށެވެ.
ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެމީހާގެ ހަށިގަނޑު މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.
މި މައްސަލައިގައި ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.
ދާދިފަހުން މއ. އާފަލުގޭގައިވެސް މަރުވެ ކުނިވެފައި އޮތް ދިވެހި ފިރިހެނެއްގެ ހަށިގަނޑު ވަނީ ފެނިފަ އެވެ.