އެމްޑަބްލިޔުއެސްސީން އަންނަނީ ކުންފުނީގެ ގިނަ ހިދުމަތްތަކެއް ކަސްޓަމަރުންނާ ހަމައަށް އޮންލައިންކޮށް ފޯރުކޮށްދެމުންނެވެ. އޮންލައިންކޮށް ހިދުމަތްތައް ފޯރުކޮށްދިނުމުގެ މައިގަނޑު މަގުސަދަކީ، ކަސްޓަމަރުންނަށް ޒަމާނީ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ބޭނުންކޮށްގެން، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ވީހާވެސް ލުއިފަސޭހަ ކަމާއެކު ހިދުމަތްތައް ލިބޭނޭ އިންތިޒާމުތައް ހަމަޖައްސައި ދިނުމެވެ. މިގޮތުން، މިކުންފުނިން ފޯރުކޮށްދޭ ފެނާއި ނަރުދަމާގެ ހިދުމަތްތަކަށް ފަސޭހަކަމާއެކު ކޮންމެ ތަނެއްގައި ހުރެގެން އޮންލައިންކޮށް ފޯމު ހުށަހެޅުމާއި، ހިދުމަތަތްތަކަށް ފައިސާ ދެއްކުމުގެ އިތުރުން ހިދުމަތްތަކާ ގުޅޭ މައުލޫމާތުތައް ހޯދައި ލިބިގަނެވޭނެއެވެ.

ކުންފުނީގެ ހިދުމަތްތައް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދެނީ ތަފާތު އެކި ޕްލެޓްފޯމްތައް މެދުވެރިކޮށެވެ. މި ޕްލެޓްފޯމްތަކަކީ:

  • އެމްޑަބްލިޔުއެސްސީ މޯބައިލް އެޕްލިކޭޝަން
  • އީ-ޕޯޓަލް
  • އީ-ޕޭ
  • ބޭންކް ޓްރާންސްފާ
  • ސެލްފް ސާވިސް ކިއޮސްކް
https://www.youtube.com/watch?v=2Q_Kn1Sn47I
  • އެމްޑަބްލިޔުއެސްސީ އެޕް

• ފެންބިލަށް ފައިސާ ދެއްކުމުގެ އިތުރުން، ފެންބިލާ ބެހޭ މައުލޫމާތު ފަސޭހަކަމާއެކު ބަލައިލެވޭނެ.

• ބިލް ކަލްކިއުލޭޓަރު ބޭނުންކޮށްގެން ފެން ބިލަށް އަރާވަރުގެ އަންދާޒާއެއް ބަލައިލެވޭނެ.

• ފެން ބޭނުންކުރެވެމުންދާ މިންވަރު ބަލައިލެވޭނެ.

• އިތުރު މީޓަރުތައް އެޑްކޮށް، އިހުތިޔާރުކުރާ ނަމަކަށް މީޓަރުގެ ނަން ބަދަލުކޮށްލެވޭނެ.

• "ޗެޓް ސަޕޯޓް ސާވިސް" މެދުވެރިކޮށް ކުންފުނީގެ މުވައްޒަފަކާ ވާހަކަދައްކައިލެވޭނެ.

• ތިމާވެއްޓާ ރައްޓެހި ގޮތަކަށްވެ، ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުމަށް އެހީތެރިވުން.

  • އީ ޕޯޓަލް

• އެމްޑަބްލިޔުއެސްސީގެ އީ-ޕޯޓަލް މެދުވެރިކޮށް ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކަށް ފަސޭހަކަމާއެކު އެދިލެއްވޭނެ.

• ހުށަހަޅާފައިވާ ހިދުމަތުގެ ސްޓޭޓަސް ބަލައިލެވޭނެ.

• ފަސޭހަކަމާއެކު ހިދުމަތްތަކާ ބެހޭ ތަފްސީލު ބަލައިލުމާއެކު ބިލަށް ފައިސާވެސް ދައްކައިލެވޭނެ.

  • އީ-ޕޭ

• ކޮންމެ ވަގުތެއްގައި އަދި ކޮންމެ ތަނެއްގައި ހުރެގެންވެސް އެމްޑަބްލިޔުއެސްސީ އީ-ޕޭ މެދުވެރިކޮށް ފަސޭހަކަމާއެކު ފެންބިލަށް ފައިސާ ދެއްކޭނެ.

• އީ-ޕޭގައި ރަޖިސްޓްރީ ނުކޮށްވެސް ބިލަށް ފައިސާ ދައްކައިލެވޭ.

  • ބޭންކް ޓްރާންސްފާ

• ބޭންކް ޓްރާންސްފާ މެދުވެރިކޮށް ކުންފުނިން ފޯރުކޮށްދޭ ފެނާއި ނަރުދަމާގެ ހިދުމަތްތަކަށް ފަސޭހަކަމާއެކު ފައިސާ ދައްކައިލެވޭނެ.

• ޑައިރެކްޓް ބޭންކް ޓްރާންސްފާ ބޭނުންކުރައްވައިގެން ކުންފުނީގެ ހިދުމަތްތަކަށް ފައިސާ ދައްކަވާ ފަރާތްތަކުން https://banktransfers.mwsc.com.mv މި ވެބް ޕޭޖުގައިވާ ފޯމު ފުރިހަމަކުރެއްވުމަށްފަހު ޓްރާންސެކްޝަންގެ ރަސީދު ފޮނުވައިލަންވާނެ.

  • އެމްޑަބްލިޔުއެސްސީގެ ސެލްފް ސާވިސް ކިއޮސްކް

• ކުންފުނީގެ ކަސްޓަމާ ސާވިސް ފްރޮންޓް އޮފީހުގައި ބެހެއްޓިފައިވާ ސެލްފް ސާވިސް ކިއޮސްކުން ފެން ބިލުތަކުގެ ތަފްސީލު ބާލައިލާ އަދި ފެން ބިލު ޕުރިންޓުވެސް ކޮށްލެވޭނެ.

މީގެ އިތުރުން، އިތުރު މައުލޫމާތެއް ބޭނުންވާނަމަ، އެމްޑަބްލިޔުއެސްސީގެ 24 ގަޑިއިރުގެ ހޮޓްލައިން، 105 އާ ގުޅައިލެވޭނެއެވެ.