އިސްލާމް ދީނަށް ފުރައްސާރަކޮށްގެން މިދިޔަ ތިން އަހަރުގެ ތެރޭގައި 21 މައްސަލައެއްް ތަހުގީގުކޮށް، އޭގެ ތެރެއިން ތިން މައްސަލައެއްގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވިއެވެ.
ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ހަމީދު ވިދާޅުވީ، ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާ ކަމަށާއި ހަރުކަށި ފިކުރު ކޮންޓްރޯލުކުރުމަށް ހާއްސަ މަސައްކަތްތަކެއް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.
އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުންނަށް ފިޔަވަޅު ނޭޅޭކަމުގެ އަޑުތައް ވަރަށް ގިނައިން އިވޭކަން ފާހަގަކުރައްވައި ސީޕީ ހަމީދު ވިދާޅުވީ، ހުރިހާ ބާވަތެއްގެ މައްސަލައަކަށްވެސް ފުލުހުން ސަމާލުކަން ދޭ ކަމަށާއި އެގޮތުން އިސްލާމް ދީނަށް ފަރައްސާރަކޮށްގެން ވެސް ބައެއް ފަރާތްތަކަށް ފިޔަވަޅު އަޅަން މިދިޔަ ތިން އަހަރުގެ ތެރޭގައި ޕީޖީ އޮފީހަށް ފޮނުވާފައިވާނެ ކަމަށެވެ.
"މިދިޔަ ތިން އަހަރުގެ ތެރޭގައި ދީނީ އަގީދާއާ ދެކޮޅަށް އެއްޗެއް ބުނެގެން 21 މައްސަލައެއް ފުލުހުން ތަހުގީގުކޮށްފައިވޭ. އޭގެ ތެރެއިން ތިން މައްސަލައެއް މިދިޔަ ދެ އަހަރުގެ ތެރޭގައި ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައި،" ހަމީދު ވިދާޅުވިއެވެ.
ސީޕީ ހަމީދު އިތުރަށް ވިދާޅުވީ، ޓެރަރިޒަމާއި ހަރުކަށި ފިކުރު ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތަކުގެ ތެރެއިން ފާއިތުވި ތިން އަހަރު 31 މައްސަލައެއް ތަހުގީގުކޮށްފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު