ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ވޯޓާ ރަންވޭއަށް ބަދަލު ގެނެސް، ސީޕްލޭންތައް ހުޅުމާލެ މަތިން ހުދުހުން ހުއްޓާލައިފިއެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ކޯޕަރޭޓް ކޮމިއުނިކޭޝަންސްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފް "ވަން" އަށް މިއަދު ވިދާޅުވީ، މިިދިޔަ ހަފުތާގެ ފަހުކޮޅުން ފެށިގެން ގެނައި އެ ބަދަލަކީ ވީއައިއޭގެ މާސްޓާ ޕްލޭނުގައި މާކުރީން ވެސް ހިމަނާފައި އޮތް ކަމެއް ކަމަށެވެ.
އެގޮތުން މިހާރު ހަތަރު ވޯޓާ ރަންވޭ ހަދައި، ސީޕްލޭންތައް އެއާޕޯޓަށް ޖައްސަން ދެން ދަތުރު ކުރާނީ ހުޅުމާލޭގެ އިރުމަތީ ފަރުމަތިންނެވެ. އަދި އާންމު ހާލަތުގައި ނައްޓާލާނީ އުތުރަށް އަދި އުތުރުދެކުނަށް ކަމަށާއި ނަމަވެސް ވައި ހުންނަ ގޮތުން ސީޕްލޭންތައް ހުޅަނގުން އިރަށް ނައްޓާލާނެ ކަމަށް އަރީފު ވިދާޅުވިއެވެ.
ހުޅުލޭގައި އޮންނަ ވޯޓާ ރަންވޭއަކީ ދުނިޔޭގެ އެންމެ ބިޒީ ވޯޓާ ރަންވޭ އެވެ. ނަމަވެސް ހުޅުމާލޭގައި މީހުން ދިރިއުޅޭ ސަރަހައްދާ މާ ތިރިން ބައެއް ސީޕްލޭންތައް ދަތުރުކުރާތީ، އަޑުގަދަވުން ފަދަ ޝަކުވާތަކާއި ކަންބޮޑުވުންތައް ކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު