މީގެ ހަ އަހަރު ކުރިން ލ. ގަމު ގެއެއްގެ ތެރޭގައި މަރާލާފައި އޮއްވައި ފެނުނު ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ބާންދް ޝަހުމިޔާގެ މަރުގެ މައްސަލައިގައި، ލ.ގަން ރެޑްފިޝް އަލީ ހަމްޒާއަށް މާދަމާ ހުކުމް އިއްވާނެ އެވެ.
މި މައްސަލަ އަކީ ލ. ގަން ރަންދާނުގެ ފެންޑާގައި ބާންދު ޝަހުމިޔާ ނިދާފައި އޮއްވައި، ދިގު މިނުގައި ތިން ފޫޓު ހުންނަ ލަކުޑި ފަތިބުރިއަކުން އޭނާގެ މޫނުގައި ޖޫން ނުވައެއް، 2015 ވަނަ ދުވަހުގެ 22:00 އެހާކަންހާއިރު، ހަމްޒާ ޖެހުމުގެ ސަބަބުން އޭނާ މަރުވެފައިވާ މައްސަލައެވެ.
މީގެ ކުރިން ވޭއްވި އަޑުއެހުމުގައި، ބަންލަދޭޝް މިހާ މަރުވީ ހަމްޒާ ދިން ހަމަލާއިން ކަމަށް ސާބިތުވާ ކަމަށް ގާޒީ ވަނީ ނިންމަވައިފައެވެ.
އެ މައްސަލައިގެ ޝަރީއަތް ކޯޓުގައި ކުރިއަށްދިޔައިރު، މައްސަލައިގެ ތަހުގީގުގައި، އެހާދިސާ ހިނގި ގޮތް ކިޔައިދިނުމަށްފަހު ބާންދު ޝަހުމިޔާ މަރާލި ކަމަށް ހަމްޒާ އިއުތިރާފު ވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް ކޯޓު މަރުހަލާގައި ހަމްޒާ ވަނީ ކުށަށް އިންކާރުކޮށްފައެވެ.
އެއާ ގުޅގިގެން އެ މައްސަލަ ތަހުގީގު ކުރި ފުލުހުން ވަނީ އަލީ ހަމްޒާއާ ދެކޮޅަށް ކޯޓުގައި ހެކިބަސް ދީފައެވެ.
އެންމެ ފަހުން ބޭއްވި އެ މައްސަލައިގެ އަޑުއެހުގައި އެ މައްސަލަ ބެއްލެވި ގާޒީ އަލީ އާދަމް ވިދާޅުވެފައި ވަނީ، ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އަލީ ހަމްޒާގެ އަމަލުތަކުން ގަސްތުގައި މީހަރު މަރައިލި ކަމުގެ ރުކުންތައް ހަމަ ނުވި ނަމަވެސް އޭނާގެ އަމަލުތަކުގެ ސަބަބުން މީހަކު މަރުވެފައިވާކަން ސާބިތުވާ ކަމަށެވެ. އަދި ހަމްޒާ ދީފައިވާ އިއުތިރާފު ބަޔާނުގައި އޭނާ ބާންދް ޝަހުމިޔާގެ ބޮލުގައި ޖަހާފައިވަނީ 'ޖެހުމުގެ ގަސްތު' އޮވެގެން ކަމަށް ބުނެފައިވާކަން ފާހަގަ ކުރައްވައި، ގާޒީ ވިދާޅުވީ، އޭނާގެ އަމަލު ގައި މަރާލުމުގެ ގަސްތު ނެތްކަން އެނގެން އޮތް ކަމަށެވެ.
އެހެންކަމުން ހަމްޒާގެ މައްޗަށް ސާބިތުވަނީ އިސްލާމީ ޝަރީއާގައި އޮންނަ ތިން ވައްތަރުގެ ގަތުލުގެ ތެރެއިން ދެވަނަ ބަޔަށް ކަމަށާއި، އެއީ ސިބްހުލް އަމްދަށް ކަމަށްވެސް ވިދާޅުވިއެވެ. ގާޒީ ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ބާންދް ޝަހުމިޔާގެ ވާރިސުންގެ ބަޔާން ބަންގަލަދޭޝް ހައި ކޮމިޝަން މެދުވެރިކޮށް ނަގާފައިވާ ކަމަށެވެ. ނަމަވެސް ވާރިސުންގެ ބަސް ކަމަށް ބުނެ ބަންގުލަދޭޝް ހައި ކޮމިޝަނުން ސިޓީއެއް ފޮނުވާފައިވާ އިރު، އެއީ ވާރިސުންގެ ބަސްކަމާ މެދު ސުވާލު އުފެދޭ ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ. އަދި އޭގައި އޮތީ ކުށްވެރިޔާ އަށް މަރުގެ އަދަބު ދިނުމުގެ ބަދަލުގައި އެކަށީގެންވާ މާލީ ބަދަލެއް ނަގައިދިނުމަށް ކަމަށްވެސް ވަކީލުން ވިދާޅުވިއެވެ.
އެހެން ކަމުން ވާރިސުންގެ ބަސް ހޯދުމަށް އިތުރު ފުރުސަތު ދިނުމަށް ދައުލަތުން އެދުނެވެ. އެކަމަށް ޓަކައި ގާޒީ ދެއްވީ 20 ދުވަހުގެ މުއްދަތެކެވެ. އޭގެ ފަހުން މިބޭއްވޭ ޝަރީއަތުގެ އަޑުއެހުން ކުރިމިނަލް ކޯޓުގައި ތާވަލު ކޮށްފައި ވަނީ މާދަމާ 11:00 އަށެވެ.
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް