ހުޅުމާލޭގައި މިހާރު ކުރިއަށްދާ މޯލްޑިވްސް ލިވިން އެކްސްޕޯ 2021ގައި އެސްޓީއޯގެ ސްޓޯލަށް ޒިޔާރަތްކޮށް، ކޯނޭ ބްރޭންޑްގެ ލިފްޓު ގަންނަ ފަރާތްތަކަށް ލިފްޓް އިންސްޓޯލް ކޮށްދިނުމުގެ ހިދުމަތް ހިލޭ ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެސްޓީއޯގެ ސްޓޯލުން އެކުންފުނިން ވިއްކާ ހަތަރު ބްރޭންޑެއްގެ ޕްރޮޑަކްޓެއްގެ މައުލޫމާތުދެއެވެ. އެއީ ކޯނޭ، ނިޕޯން ޕެއިން، މަކިޓާ އަދި ހިޓާޗީއެވެ.
އެސްޓީއޯގެ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ، ސްޓޯލަށް ޒިޔާރަތްކޮށް، ކޯނޭ ބްރޭންޑުގެ ލިފްޓު ގަންނަ ފަރާތްތަކުގެ ތެރެއިން އަންނަ މަހުގެ ޖެނުއަރީގެ ކުރިން ރަޖިސްޓްރީވާ ކަސްޓަމަރުންނަށް ލިފްޓް އިންސްޓޯލް ކުރުމުގެ ހިދުމަތް މުޅިން ހިލޭ ފޯރުކޮށްދޭނެ ކަމަށެވެ.
އެސްޓީއޯ އިން އެތެރެކުރާ "ކޯނޭ" ލިޕްޓް ބްރޭންޑަކީ ޒަމާނީ ހޯދުންތަކަށް ބިނާކޮށް އެކި ސޮލިއުޝަންތައް އެލެވޭޓާ މާކެޓަށް ތައާރަފުކުރަމުން އަންނަ ދުނިޔޭގައި އެންމެ ނަން ހިނގާ ބްރޭންޑެވެ.
އެގޮތުން "ކޯނޭ" އިން އެންމެ ފަހުން ތައާރަފުކޮށްފައިވާ މޮޑެލްގެ ސީއޯޕީ (ލިފްޓް ޕުޝް ބަޓަންސް) އަކީ ލިފްޓުގެ އެއްވެސް ފިތެއްގައި އަތްނުލައި، ހަމައެކަނި އަތްތިލަ އެއް ސެންޓިމީޓަރަށް ކައިރިކޮށްލުމުން ބޭނުންވާ ފަންގިފިލާއަކަށް ދެވޭ ގޮތަށް ފަރުމާކުރެވިފައިވާ މޮޑެލްއެކެވެ.
އެސްޓީއޯއިން އަންނަނީ އެކުންފުނީގެ ސްޓޯލަށް ޒިޔާރަތްކޮށް ރަޖިސްޓްރީކުރާ ފަރާތްތަކުގެ މެދުގައި ކޮންމެ ދުވަހަކުވެސް ގުރުއަތެއް ނަގައި، ނަސީބުވެރި ފަރާތައް ހިޓާޗީ ޓީވީއެއް ދެމުންނެވެ. އެ ސްޓޯލަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހެމްޕާ ޕެކެއްވެސް އެސްޓީއޯއިންދެއެވެ.
ރާއްޖޭގެ ލީޑިން އިވެންޓް މެނޭޖްމަންޓް، ޕަބްލިކޭޝަން އަދި ޕީއާރު ކުންފުނި ހައިރައިޒުން 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ލިވިން އެކްސްޕޯއަކީ ރިއަލް އެސްޓޭޓްގެ ޕްރޮޖެކްޓުތަކުގެ މަސައްކަތްތައް އެއް ޕްލެޓްފޯމެއްގެ ތެރެއިން ފެންނާނެ ގޮތް ހަދައި އެ ދާއިރާގެ ފުރުސަތުތައް އެއް ޕްލެޓްފޯމަކުން ދައްކައިދިނުމުގެ މަގުސަދުގައި ބާއްވާ އެކްސްޕޯއެކެވެ.