ދެހާސް ނަވާރަ ވަނަ އަހަރު ބޭއްވި ސާނަވީ އިމްތިހާނުގައި ބައެއް މާއްދާތަކުން ދިވެހި ފަސް ދަރިވަރަކު ދުނިޔެއިން އެއްވަނަ ހޯދައިފިއެވެ.
ދެހާސް ނަވާރަ ވަނަ އަހަރުގެ ސާނަވީ ތައުލީމު ހާސިލުކުރި ދަރިވަރުންގެ ތެރެއިން ރަންވަނަތައް ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް އަމީނިއްޔާ ސްކޫލުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވަނީ، ސާނަވީ އިމްތިހާނުން ރާއްޖެއިން އެއްވަނަ ހޯދި ދިހަ ދަރިވަރުންނާއި ވަކިވަކި މާއްދާތަކުން ދުނިޔެއިން އެއްވަނަ ހޯދި ދިވެހި ފަސް ދަރިވަރެއްގެ އަގުވަޒަންކޮށް އިމާނާއި އެވޯޑް ދީފައެވެ.
އެ ދަރިވަރުންނަށް އެވޯޑާއި އިނާމުދެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
ވަކިވަކި މާއްދާތަކުން ދުނިޔެއިން އެއްވަނަ ހޯދި ދަރިވަރުންނަށް ވަނީ، އެޑިއުކޭޝަން މިނިސްޓްރީން ދޭ ހަނދާނީ ލިޔުމާއި އެވޯޑާއި ކެމްބްރިޖް އިންޓަނޭޝަނަލް އެކްޒަމިނޭޝަނުން ދޭ ސެޓްފިކެޓާއި ގަލަން، އަދި ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑަލާއި އިނާމު ލިބިފައެވެ. ރާއްޖޭގެ އެއްވަނަ ހޯދި ދަރިވަރުންނަށް އެޑިއުކޭޝަން މިނިސްޓްރީން ދޭ ހަނދާނީ ލިޔުމާއި އެވޯޑުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ވަނީ ލިބިފައެވެ.
- އީމާން ޝަހީލް ޖަލީލް، އަމީނިއްޔާ ސްކޫލް، ޓްރެވެލް އެންޑް ޓޫރިޒަމް
- ޝާއިން މުހައްމަދު ރިފްއަތު، ޖަމާލުއްދީން ސްކޫލް، ބަޔޮލޮޖީ
- ރިޔާ ހުސައިން ފިރާޒް، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް، ބިޒްނަސް ސްޓަޑީޒް
- ފާތިމަތު ޒައިނާ ނައީމް، އަމީނިއްޔާ ސްކޫލް، ހިސްޓްރީ
- އައިޝާ ރަސާން ނާޒިމް، ޝަރަފުއްދީން ސްކޫލް، މެރިން ސައިންސް
- އާއިޝަތު ޝައިބާން، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް
- އީމާން ޝަހީލް ޖަލީލް، އަމީނިއްޔާ ސްކޫލް
- ފާތިމަތު ނަބާހާ ހުސައިން، ޝަރަފުއްދީން ސްކޫލު
- ފާތިމަތު ޝަހާ ހުސައިން، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް
- މަރިޔަމް ޖަނާ ޖިނާން، އަމީނިއްޔާ ސްކޫލް
- މަރިޔަމް ލައިޝާ ހުސައިން ހަމީދު، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް
- މުހައްމަދު މީކާއިލް ޔާސިރު، މަޖީދިއްޔާ ސްކޫލް
- މުހައްމަދު ނާހިލް އަހުމަދު، ބ. އަތޮޅު ތައުލީމީ މަރުކަޒު
- މުހައްމަދު ޒައުލް އަޒުމީލް، އިސްކަންދަރު ސްކޫލް
- ޝާއިން މުހައްމަދު ރިފްއަތު، ޖަމާލުއްދީން ސްކޫލް
ޚަބަރު
ޚަބަރު