ޕެރިޝަބަލް ކާގޯ (އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި) ރާއްޖެ އަށް އިމްޕޯޓް ކުރާ ބައެއް ފަރާތްތަކުގެ ކަންބޮޑުވުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީނިއާ މެނޭޖްމަންޓާ މިއަދު ހިއްސާ ކޮށްފި އެވެ.
އެމްޕީއެލް އިން ބުނީ ކާބޯތަކެތި އިމްޕޯޓުކުރާ ފަރާތްތަކާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ޑެޕިއުޓީ ޗީފް އެގްޒެކުޓިވް އޮފިސަރު އިބްރާހިމް އަބްދުﷲ އަދި ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
މި ބައްދަލުވުމަކީ ޕެރިޝަބަލް ކާގޯ ރާއްޖެ އަށް އެތެރެކުރާ އިމްޕޯޓަރުންގެ ކަންބޮޑުވުންތަކާއި، އެ ފަރާތްތަކަށް އެ ކުންފުނިން ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް އެ ކުންފުނިން އެކުލަވާލައިފައިވާ ޕްލޭންތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް ވެސް އެމްޕީއެލް އިން ބުނެއެވެ.
ކޮވިޑު ހާލަތު ހަމަޔަކަށް އެޅި ރާއްޖެއަށް މުދާ އެތެރެ ކުރާ މިންވަރު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރު ވެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު