ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ މިންގަނޑަށް ވެކްސިން ފުރިހަމަކުރި އިތުރު 10 ރަށަކާއެކު، ޖުމުލަ 165 ރަށަކަށް ޕީސީއާރު ނެގެޓިވް ނަތީޖާއަކާ ނުލައި ދަތުރު ކުރުމުގެ ހުއްދަ ދީފިއެވެ.

ރާއްޖޭގައި ހަލުވިކަމާ އެކު ކޮވިޑު ފެތުރުމުންދާތީ، މާލެއިން ރަށްރަށަށް ދަތުރުކުރާ އިރު 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަ ކުރަން ޖެހޭ ގޮތަށް ފުރަތަމަ ހެދިއެވެ. އެހެން ނަމަވެސް ވެކްސިން ޖަހަން ފެށުމުން ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ މީހުންނަށް ކަރަންޓީނު ވުމެއް ނެތި މާލެއިން ރަށްރަށަށް ދަތުރު ކުރެވޭ ގޮތް ހެދިއެވެ. އެކަމަކު އެގޮތަށް ފުރަތަމަ ހަމަޖެއްސި އިރު އޮތީ، 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭ ގޮތަށެވެ.

ނަމަވެސް، ވެކްސިން ޖަހަން ޖެހޭ އާބާދީގެ 90 ޕަސެންޓު މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ރަށްރަށަށް ޕީސީއާރު ޓެސްޓު ހެދުމަކާ ނުލައި ދަތުރު ކުރެވޭނެ ގޮތަށް މިދިޔަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އުސޫލު ބަދަލުކުރިއެވެ.

އެގޮތުން 12 އަހަރުން މަތީގެ އާބާދީގެ 90 ޕަސެންޓް ވެކްސިން ފުރިހަމަ ވުމާއި ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ މީހުންގެ 90 ޕަސެންޓް ވެކްސިން ފުރިހަމަވުމުގެ އިތުރުން ގެސްޓްހައުސް ހުންނަ ރަށްރަށުގައި ގެސްޓްހައުސްތަކުގައި މަސައްކަތްކުރާ މީހުންނާއި ޓޫރިސްޓު ހިދުމަތުގައި މަސައްކަތް ކުރާ މީހުންގެ 95 ޕަސެންޓް ވެކްސިން ފުރިހަމަވެފައިވާ ނަމަ، އެރަށަކަށް ޕީސީއާރު ޓެސްޓު ނުހަދައި ދަތުރު ކުރެވޭނެއެވެ.

  • ހއ އުލިގަން
  • ހއ ކެލާ
  • ހއ މޮޅަދޫ
  • ހއ ތަކަންދޫ
  • ހއ ދިއްދޫ
  • ހއ ފިއްލަދޫ
  • ހއ ތުރާކުނު
  • ހއ ވަށަފަރު
  • ހއ މާރަންދޫ
  • ހއ އިހަވަންދޫ
  • ހއ އުތީމު
  • ހއ ހޯރަފުށި
  • ހއ މުރައިދޫ
  • ހދ ނެއްލައިދޫ
  • ހދ ކުމުންދޫ
  • ހދ ފިނޭ
  • ހދ ކުރިނބީ
  • ހދ ކުޅުދުއްފުށި ސިޓީ
  • ހދ މަކުނުދޫ
  • ހދ ވައިކަރަދޫ
  • ހދ ހަނިމާދޫ
  • ހދ ނޮޅިވަރަން
  • ހދ ނައިވާދޫ
  • ހދ ނޮޅިވަރަންފަރު
  • ށ ނޫމަރާ
  • ށ ބިލެތްފަހި
  • ށ މަރޮށި
  • ށ މާއުނގޫދޫ
  • ށ ފީވައް
  • ށ ކޮމަންޑޫ
  • ށ ފޭދޫ
  • ށ ނަރުދޫ
  • ށ ފޯކައިދޫ
  • ށ މިލަންދޫ
  • ށ ގޮއިދޫ
  • ށ ޅައިމަގު
  • ށ ކަނޑިތީމު
  • ނ ޅޮހި
  • ނ މަނަދޫ
  • ނ ހޮޅުދޫ
  • ނ މަގޫދޫ
  • ނ ހެނބަދޫ
  • ނ ފޮއްދޫ
  • ނ ކެނދިކުޅުދޫ
  • ނ ލަންދޫ
  • ނ މާފަރު
  • ނ ކުޑަފަރީ
  • ނ ވެލިދޫ
  • ނ މާޅެންދޫ
  • ރ މަޑުއްވަރީ
  • ރ އިންނަމާދޫ
  • ރ އިނގުރައިދޫ
  • ރ ކިނޮޅަސް
  • ރ އުނގޫފާރު
  • ރ އަނގޮޅިތީމު
  • ރ ރަސްމާދޫ
  • ރ ހުޅުދުއްފާރު
  • ރ ދުވާފަރު
  • ރ ވާދޫ
  • ރ ފައިނު
  • ރ ރަސްގެތީމު
  • ރ މީދޫ
  • ރ އަލިފުށި
  • ބ ފެހެންދޫ
  • ބ ފުޅަދޫ
  • ބ ކެންދޫ
  • ބ ގޮއިދޫ
  • ބ ދޮންފަނު
  • ބ ކިހާދޫ
  • ބ ހިތާދޫ
  • ބ ދަރަވަންދޫ
  • ބ ތުޅާދޫ
  • ބ ކުޑަރިކިލު
  • ބ އޭދަފުށި
  • ބ މާޅޮސްް
  • ބ ކަމަދޫ
  • ޅ ނައިފަރު
  • ޅ އޮޅުވެލިފުށި
  • ޅ ހިންނަވަރު
  • ޅ ކުރެންދޫ
  • ކ ހުރާ
  • ކ މާފުށި
  • ކ ހިންމަފުށި
  • ކ ގުޅި
  • ކ ތުލުސްދޫ
  • ކ ކާށިދޫ
  • ކ ދިއްފުށި
  • ކ ގުރައިދޫ
  • ކ ގާފަރު
  • އއ މަތިވެރި
  • އއ ތޮއްޑޫ
  • އއ ރަސްދޫ
  • އއ މާޅޮސް
  • އއ ހިމަންދޫ
  • އއ ފެރިދޫ
  • އއ އުކުޅަސް
  • އދ ދިގުރަށް
  • އދ މަންދޫ
  • އދ ދިއްދޫ
  • އދ ހަންޏާމީދޫ
  • އދ ފެންފުށި
  • އދ މަހިބަދޫ
  • އދ ކުނބުރުދޫ
  • އދ އޮމަދޫ
  • އދ ދަނގެތި
  • އދ މާމިގިލި
  • ވ ރަކީދޫ
  • ވ ފެލިދޫ
  • ވ ފުލިދޫ
  • ވ ކެޔޮދޫ
  • ވ ތިނަދޫ
  • މ ކޮޅުފުށި
  • މ މުލައް
  • މ ރަތްމަންދޫ
  • މ ވޭވަށް
  • މ މަޑުއްވަރީ
  • މ ދިއްގަރު
  • މ މުލި
  • މ ނާލާފުށި
  • ފ މަގޫދޫ
  • ފ ބިލެތްދޫ
  • ފ ދަރަނބޫދޫ
  • ފ ނިލަންދޫ
  • ފ ފީއަލި
  • ދ ބަނޑިދޫ
  • ދ ކުޑަހުވަދޫ
  • ދ ރިނބުދޫ
  • ދ މާއެނބޫދޫ
  • ދ މީދޫ
  • ދ ހުޅުދެލި
  • ތ ތިމަރަފުށި
  • ތ ކިނބިދޫ
  • ތ އޮމަދޫ
  • ތ ވަންދޫ
  • ތ ވިލުފުށި
  • ތ ދިޔަމިގިލި
  • ތ ބުރުނީ
  • ތ ގާދިއްފުށި
  • ތ ކަނޑޫދޫ
  • ތ ވޭމަންޑޫ
  • ތ ހިރިލަންދޫ
  • ތ ގުރައިދޫ
  • ލ ގަން
  • ލ ހިތަދޫ
  • ލ މުންޑޫ
  • ލ ކުނަހަންދޫ
  • ލ އިސްދޫ ކަލައިދޫ
  • ލ މާބައިދޫ
  • ލ ފޮނަދޫ
  • ލ ދަނބިދޫ
  • ލ މާވަށް
  • ލ މާމެންދޫ
  • ގއ ވިލިނގިލި
  • ގއ ކަނޑުހުޅުދޫ
  • ގއ ކޮލަމާފުށި
  • ގއ މާމެންދޫ
  • ގއ ގެމަނަފުށި
  • ގއ ދެއްވަދޫ
  • ގއ ކޮނޑޭ
  • ގއ ނިލަންދޫ
  • ގދ ރަތަފަންދޫ
  • ގދ ފިޔޯރީ
  • ގދ ހޯޑެއްދޫ
  • ޏ ފުވައްމުލަކު ސިޓީ
  • އައްޑޫ ސިޓީ