އަންނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕްގެ ކޮލިފިކޭޝަންގައި މިރޭ ރަޝިއާ ބަލިކޮށް، ކްރޮއޭޝިއާއިން ކޮލިފިކޭޝަން ޔަގީން ކޮށްފިއެވެ.
ޔޫރޮޕިއަން ކޮލިފިކޭޝަން ގްރޫޕް އެޗްގައި ކްރޮއޭޝިއާއިން މިރޭ ރަޝިއާ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ގްރޫޕް އެޗްގެ އެންމެ ކުރީގައި އޮތް ކްރޮއޭޝިއާ އަދި ރަޝިއާއަށްވެސް މިރޭގެ މެޗަކީ ގްރޫޕް ސްޓޭޖުގެ ފަހު މެޗެވެ. މެޗަށް ނުކުތް އިރު، ޕޮއިންޓަކާ އެކުވެސް ރަޝިއާއަށް ވޯލްޑް ކަޕުގެ ޔަގީން ޖާގަ ހޯދެން އޮތެވެ. ކްރޮއޭޝިއާއަށް އޮތީ ތިން ޕޮއިންޓް ހޯދުމެވެ.
ކްރޮއޭޝިއާއިން ގްރޫޕް ސްޓޭޖުގައި ކުޅުނު ދިހަ މެޗުން 23 ޕޮއިންޓް ހޯދާފައިވާ އިރު، ރަޝިއާއަށް ލިބެނީ ދިހަ މެޗުން 22 ޕޮއިންޓެވެ. ރަޝިޔާއަށް އަދި ކޮލިފިކޭޝަން ޔަގީން ނުވެ އޮތް ނަމަވެސް ޕްލޭ އޮފްއަށް ފުރުސަތު ލިބޭނެއެވެ.
ދާދި ހަމަހަމަކޮށް މެޗުގެ ކުޅުން ފެނިގެން ދިޔަ އިރު، ހަމައެކަނި ގޯލު ފެނުނީ 81 ވަނަ މިނެޓުގައެވެ. އެ ގޯލަކީ ރަޝިއާ ޑިފެންޑަރު ފެޑޯ ކުދްރިޔަޝޯވް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މެޗުގެ ފަހު މިނެޓުގައި ރަޝިޔާގެ ޔަޗެސްލޭޗް ކަރަވައޭވްއަށް ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެގެން ދިޔައެވެ.
މީގެ ކުރިން ހަ ފަހަރަށް ވޯލްޑް ކަޕްގައި ކްރޮއޭޝިއާ ކުޅެފައިވާ އިރު، އެޓީމުން އެންމެ ރަނގަޅު ނަތީޖާއެއް ނެރުނީ 2018 ވަނަ އަހަރު ވޯލްޑް ކަޕްގައެވެ. ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ފައިނަލުގައި ކްރޮއޭޝިއާ ކުޅުނެވެ.
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން