ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ފަތުރުވެރިޔަކު މަރުވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ ގއ. އަތޮޅު ރިސޯޓެއްގައި ސްނޯކްލިންއަށް ގޮސް އުޅުނު އިނގިރޭސިވިލާތުގެ 35 އަހަރުގެ ފިރިހެނަކު ހާލު ދެރަވެގެން ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ފުލުހަށް ލިބިފައިވަނީ މިއަދު ހަވީރު 4:30 ގައެވެ.
ފުލުހުން ބުނީ ހޮސްޕިޓަލުގައި އޭނާއަށް ފަރުވާދެމުންދަނިކޮށް މިއަދު އިރުއޮއްސި 6:12 ހާއިރު މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ އަމާރި ހަވޮއްޑާ މޯލްޑިވްސްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު