މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް ފިރިހެނެއްގެ ހަށިގަނޑު ފެނިއްޖެއެވެ.
ފުލުހުން މިއަދު ބުނީ، މައްޗަންގޮޅި ފަޅުގެއަކުން ކުނިވަސް ދުވާކަމުގެ މައުލޫމާތު ލިބިގެން މިއަދު މެންދުރުފަހު 3:42 އެހާކަންހާ އިރު، ފުލުހުން ގޮސް ބެލި އިރު މަރުވެފައި އޮތް ފިރިހެނަކު ފެނިފައިވާ ކަމަށެވެ.
އަދި ފުލުހުން ސީންގައި ހަރަކާތްތެރިވަމުންދާ ކަމަށް ބުންޏެވެ.
އެނގިފައިވާ ގޮތުގައި، މަރުވެފައި އޮތް މީހާގެ ހަށިގަނޑު ފެނުނީ އާފަލުގެ ނަމަކަށް ކިޔާ ގެއެއްގެ ތެރެއިންނެވެ.