އަންނަ 2022 ވަނަ އަހަރަށް ލަފާ ކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި މިނިވަން މުއައްސަސާތަކަށް ހިމަނާފައިވާ ބަޖެޓް ބޮޑު ކުރަން ހުރިހާ މިނިވަން މުއައްސަސާއަކުން ވެސް ހުށަހަޅާފައިވާ ކަމަށް ބަޖެޓް ކޮމިޓީން މިއަދު ބުނެފިއެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުން ފެއްޓެވުމަށްފަހު އެ ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވިދާޅުވީ، ބަޖެޓާ ބެހޭގޮތުން ވާހަކަ ދެއްކުމަށް 17 މިނިވަން މުއައްސަސާއަކުން ބަޖެޓް ކޮމިޓީއާ ބައްދަލު ކުރަން ހުށަހަޅާފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ކޮމެޓީގެ ބައެއް މެންބަރުން ވިދާޅުވީ އެ މުއައްސަސާތަކުން އެދިފައި ވަނީ ބަޖެޓް އިތުރުކޮށްދިނުމަށް ކަމަށެވެ.
ނާޝިޒު ވިދާޅުވީ މިނިވަން މުއައްސަސާތަކާ ބަޖެޓް ކޮމިޓީން ބައްދަލު ކުރާނީ އެ ކަންތައްތަކާ ބެހޭގޮތުން، އޮޑިޓާ ޖެެނެރަލް އާއި އެމްއެމްއޭގެ އިޝްތިޝާރީ ލަފައެއް ހޯދުމަށްފަހު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާ ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށެވެ.
އެގޮތުން މިއަދު އެ ކޮމިޓީން ފުރަމަ ބައްދަލު ކުރާނީ އޮޑިޓާ ޖެނެރަލްއާ ކަމަށާއި އެއަށްފަހު އެކި ގަޑިތަކަށް ބަހާލައިގެން އެމްއެމްއޭގެ އިތުރުން ފިނޭންސް މިނިސްޓަރާއި ބައެއް މުއައްސަސާތަކާ ބައްދަލު ކުރުމަށް މިރެއާއި ހަމައަށް ކޮމިޓީން ކުރިއަށް ގެންދަވާނެ ކަމަށްވެސް ނާޝިޒު ވިދާޅުވިއެވެ.
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު