ހައްދުންމަތީ ފޮނަދޫގައި ފިނިހަކަ ގިނަވެ، އާންމުންނަށް އުނދަގުލަކަށް ވެއްޖެއެވެ.
ފޮނަދޫ ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒު "ވަން" އަށް ވިދާޅުވީ، އެރަށުން އެކި ދުވަސްވަރު ފިނިހަކަ ފެންނަ ކަމަށާއި ފިނިހަކަ މިހާރު ގިނަވެގެން އުޅެނީ ވިއްސާރަ މޫސުން ވީމާ ކަމަށެވެ.
ރިޔާޒް ވިދާޅުވީ، ފިނިހަކައިގެ އުނދަގޫ ބޮޑުވެގެން އާންމު ބައެއް ފަރާތުން ކައުންސިލަށް އެކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ވާނީ އެގްރިކަލްޗާ މިނިސްޓްރީގެ ސަމާލުކަމަށްވެސް މިކަން ގެނެސްފައި." ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ، ފިނިހަކަ މަދުކުރުމަށް ޓަކައި ފިނިހަކަ ނައްތާލާ ޒާތުގެ ފަންޏެއް އައްޑޫ ސިޓީން ގެނެސް ރަށުގެ އެކި ސަރަހައްދުތަކަށް ދޫކުރި ކަމަށާއި ނަމަވެސް އެކަމުންވެސް ހައްލެއް ނުލިބުނު ކަމަށެވެ.
ރިޔާޒް އިތުރަށް، ފިނިހަކައިގެ އުނދަގޫ، އެންމެ ބޮޑަށް ކުރަނީ، ރަށުގެ ވަލުތެރެޔާއި ކައިރި ހިސާބުތަކުގައި ދިރިއުޅެމުން އަންނަ ގޭގޭގެ މީހުންނަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު