މަރުވެފައި އޮތް ބޮޑުމަހެއް އައްޑޫ ސިޓީ ހިތަދުއަށް ލައްގައިފި އެވެ.
އައްޑު ސިޓީ ކައުންސިލް މެންބަރު އިބްރާހިމް ޝިނާޒް "ވަން" އަށް މިއަދު ވިދާޅުވީ، ހިތަދޫ އީދިގަލި ސަރަހައްދަށް މަރުވެފައި އޮތް ބޮޑު މަހެއް ލައްގާފައިވާ ކަމުގެ ރިޕޯޓު މިއަދު ހެނދުނު 8:00 ހާއިރު ލިބުނު ކަމަށެވެ.
ޝިނާޒް ވިދާޅުވީ މި ބޮޑު މަހުގައި ގާތްގަނޑަކަށް 45 ފޫޓު ހުންނާނެ ކަމަށެވެ. އެއީ މަރުވެ ކުނިވެފައި އޮތް ބޮޑު މަހެއް ކަމަށްވެސް ވިދާޅުވި އެވެ.
"މި މަސް ނެގުމުގެ މަސައްކަތް ކައުންސިލާއި ރައްޔިތުން ގުޅިގެން ކުރަމުން މިދަނީ. މަރުވެގެން ގިނަ ދުވަސްވެފައިވާ މަހެއް ކަމަށް ބެލެވެނީ. ވަރަށް ބޮޑަށް މި ސަރައްދުގަ ވަސް އެބަހުރި،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މަރުވެފައި ހުންނަށް ބޮޑު މަސް ލެއްގުމަކީ ދޭތެރެދޭތެރެއިން ދިމާވާ ކަމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު