ފިތްތަކަށް ފިއްތަން ނުޖެހި، އަތްތިލަ ކައިރިކޮށްލުމުން ބޭނުންވާ ފަންގިފިލިއާކަށް ގެންގޮސްދޭ ލިފްޓެއް އެސްޓީއޯ އިން ތައާރަފުކޮށްފިއެވެ.
އެސްޓީއޯ އިން އެތެރެކުރާ "ކޯނޭ" ލިޕްޓް ބްރޭންޑަކީ ޒަމާނީ ހޯދުންތަކަށް ބިނާކޮށް އެކި ސޮލިއުޝަންތައް އެލެވޭޓާ މާކެޓަށް ތައާރަފުކުރަމުން
އަންނަ ދުނިޔޭގައި އެންމެ ނަން ހިނގާ ބްރޭންޑެވެ. އެގޮތުން "ކޯނޭ" އިން އެންމެ ފަހުން ތައާރަފުކޮށްފައިވާ މޮޑެލްގެ ސީއޯޕީ (ލިފްޓް ޕުޝް ބަޓަންސް) އަކީ ލިފްޓުގެ އެއްވެސް ފިތެއްގައި އަތްނުލައި، ހަމައެކަނި އަތްތިލަ އެއް ސެންޓިމީޓަރަށް ކައިރިކޮށްލުމުން ބޭނުންވާ ފަންގިފިލާއަކަށް ދެވޭ ގޮތަށް ފަރުމާކުރެވިފައިވާ މޮޑެލްއެކެވެ.
އެސްޓީއޯ މެދުވެރިކޮށް މިހާރު "ކޯނޭ" ލިފްޓަށް އޯޑަރުކުރެވޭނެއެވެ. "ކޯނޭ"ގެ އާ މޮޑެލްގެ ލިފްޓު އެންމެ ފުރަތަމަ ބަހައްޓާނީ އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ކަމަށް އެ ކުންފުނިން ބުނެއެވެ.
އެސްޓީއޯއިން ބުނީ، ފިތްތަކުގައި އަތްލަން ނުޖެހޭ ވައްތަރުގެ ލިފްޓު ހަރުކުރުމުން، ލިފްޓު ބޭނުންކުރާ މީހުންގެ ސަލާމަތްތެރިކަން އިތުރަށް ކަށަވަރުވެގެންދާނެ ކަމަށެވެ.
އެސްޓީއޯއިން ވަނީ، "ކޯނޭ"ގެ އާ މޮޑެލްގެ ލިފްޓާއެކު "ކޯނޭ" ބްރޭންޑުގެ އެއާ ޕިއުރިފަޔާވެސް ތައާރަފުކޮށްފައެވެ. "ކޯނޭ" އެއާ ޕިއުރިފަޔާގައި ބޭނުންކޮށްފައިވަނީ ނާސާއިން ޖައްވަށް ފޮނުވާ އުޅަނދުތަކުގައި ވައި ސާފުކޮށް ޖަރާސީމު ނައްތާލަން ބޭނުންކުރާ ޓެކްނޮލޮޖީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު