މާލޭގެ މިސްކިތަކަށް އަރައި ހަތިމަކަށް ކުޅު ޖެހި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.
މާލޭގައި ހުންނަ އިބްރާހިމް މިސްކިތަށް ވަދެ ހަތިމަށް ރަތް ކުޅު ޖެހި މައްސަލައިގައި އުމުރުން 40 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ އެކަންކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ގެންދިއުމުން ބަންދަށް 10 ދުވަސް ޖަހާފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ފުލުހުން ހައްޔަރުކުރީ މީގެ ކުރިން ރައީސް އޮފީސް ދޮރުމައްޗަށާއި އިސްލާމީ މަރުކަޒާއި ހުކުރު މިސްކިތުގެ ގޯތިތެރެއަށް ކުޑަކަމުދިޔަ މައްސަލައިގައި ހައްޔަރު ކުރުމަށްފަހު، ފަހުން ދޫކޮށްލި މ. ޝޭޑީހޯމް، ހަސަން ޒިޔާދެވެ.
އެ މައްސަލަ ތަހުގީގުކުރުމަށްފަހު އޭނާގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށްވެސް ފޮނުވިއެވެ. ނަމަވެސް ބައެއް ކަންކަން އިސްލާހުކުރުމަށް އަންގައި، އަނބުރާ ވަނީ ފޮނުވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު