ޅ. ކުރެންދޫ އާއި ށ. މިލަންދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ 36.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު ނިންމަން ހަވާލުކޮށްފައިވަނީ 200 ދުވަހުގެ ތެރޭގައެވެ.

މިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫގެ ދަށުން ރަށުގެ އިރުމަތީ ފަރާތު ގޮނޑުދޮށުން 954.43 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓެއް ގާއިމުކޮށް، ރިވެޓްމެންޓްގެ ދެ ކޮޅުގައި 44.77 މީޓަރުގެ ބޮޑު ހިލައިގެ ދެ ފައިކަށި ހަރުކުރުން ހިމެނެއެވެ.

ކުރެންދޫގައި ހިންގާ މަޝްރޫގެ ދަށުން އެ ރަށުގެ އިރުއުތުރުން 525 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމާއި ދެކުނު ފަރާތުގައި 155 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓެއް ޖެހުން ހިމެނެއެވެ.

މީގެ އިތުރުން އެރަށުގެ އިރުދެކުނު ފަރާތުގައި 183 މީޓަރުގެ ބްރޭކްވޯޓާއެއްގެ އިތުރުން ހުޅަނގުދެކުނު ފަރާތުގައި 108 މީޓަރުގެ ބްރޭކް ވޯޓާއަކާއި 35 މީޓަރުގެ ބްރޭކްވޯޓާއެއް ގާއިމުކުރުން ހިމެނެއެވެ.

ކުރެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އަހަރެއްގެ ތެރޭގައި ނިންމަން ޖެހޭއިރު، މި މަސައްކަތަށް 44.9 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.