އަމިއްލައަށް މަރުވެފައިވާ ކަމަށް ބުނެ މިދިޔަ މަހު އައިޖީއެމްއެޗަށް ގެންދިޔަ، އެ ހޮސްޕިޓަލުގައި މަސައްކަތް ކުރި ނަރުސް މީހާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށްފަހު ރޭގެ ވަގުތެއްގައި މާލެ ގެނެސްފިއެވެ.
އައިޖީއެމްއެޗްގެ ޑަޔަލަސިސް ސެންޓަރުގައި މަސައްކަތް ކުރަމުން އައި އެ ނަރުސް މީހާ، މިދިޔަ މަހުގެ 19 ވަނަ ދުވަހު ޑިއުޓީގައި ހުރެފައި ގެއަށް ދިޔައީ ބްރޭކަށެވެ. އޭގެ އިރުގަނޑެއް ފަހުން އޭނާގެ ފިރިމީހާ، އޭނާގެ ފުރާނަ ނެތް ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ އަމިއްލައަށް ދަންޖެހި މަރުވީ ކަމަށް ބުނެއެވެ. ނަމަވެސް އެ މަރުގައި ޝައްކުތަކެއް ހުރުމުން މައްސަލަ ވަނީ ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ ފިލިޕީންސް އަންހެން މީހާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށްފަހު ރޭގެ ވަގުތެއްގައި މާލެ ގެނެސްފައިވާ ކަމަށެވެ. އަދި އޭނާގެ އާއިލާ ހަށިގަނޑު ހަވާލު ކުރުމަށްކުރަންޖެހޭ މަސައްކަތްތަށް ކުރަމުންދާ ކަމަށް ބުންޏެވެ.
މި މައްސަލައާ ގުޅިގެން މައުލޫމާތު ހާމަކުރެވެން އޮތް މިންވަރަކުން ހާމަކުރާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.
މަރުގެ މި މައްސަލައާ ގުޅިގެން ނަރުސް މީހާގެ ފިރިމީހާ ވަނީ ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހައިފައެވެ. އެ ފިރިހެން މީހާއަކީ އައިޖީއެމްއެޗް އިމަޖެންސީ ރޫމް (އީއާރު)ގައި މަސައްކަތްކުރާ ނަރުހެކެވެ. އަދި އެ ފިރިހެން މީހާގެ ދިވެހި ލޯބިވެރިޔާގެ ފޯނު ހިފަހައްޓައި އޭނާއާއި ގުޅުންހުރި ތަންތަން ވަނީ ބަލައި ފާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު