މޯލްޑިވިއަނުން އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ދަތުރުތައް ފަށައިފިއެވެ.

މޯލްޑިވިއަނުން އިންޑިއާގެ ދިއްދީއަށް ބާއްވާ ދަތުރުތައް ފަށާފައިވަނީ މިއަދުއެވެ. އެއާއެކު އިންޑިއާގެ ފަސް މަންޒިލަކަށް މޯލްޑިވިއަނުން މިހާރު ދަތުރުތައް ބާއްވާނެއެވެ.

މޯލްޑިވިއަނުން މިހާރުވެސް އަންނަނީ، އިންޑިއާގެ ޗެންނާއީ އާއި ޗޮނިންއާއި މުމްބާއީގެ އިތުރުން ޓްރެވިންޑްރަމަށް ދަތުރުތައް ބާއްވަމުންނެވެ.

އިންޑިއާގެ އިތުރުން މޯލްޑިވިއަނުން އަންނަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށްވެސް ފްލައިޓުތައް ބާއްވަމުންނެވެ.

އިންޑިއާއަށް ދަތުރުތައް ފެށުމުގެ ގޮތުން މޯލްޑިވިއަނުން މީގެ ކުރިން ވަނީ އެކުންފުނީގެ މުވައްޒަފުންގެ ރަށްޓެހިންނާއި އާއިލާތަކަށް 150 ޑޮލަރަށް ދިއްލީއަށް ދެވޭ އޮފާއެއްވެސް ހަމަޖައްސައިފައެވެ.