ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ އޯޕަން އެކްސެސް ނެޓްވޯކް ބޭނުންކޮށްގެން އުރީދޫގެ ހިދުމަތްތައް ދިނުމަށް އެއްބަސްވެއްޖެއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް އެޗްޑީސީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ. އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒެވެ.
މި އެއްބަސްވުމާއެކު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް، އަދި ހާއްސަކޮށް ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް އުރީދޫގެ ހިދުމަތްތައް ފަސޭހަ އަދި އަވަސްކަމާއެކު ލިބިގެންދާނެއެވެ. އަދި ކުރިމަގުގައި މީގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ގިނަގުނަ އިޖުތިމާއީ އަދި އިގުތިސާދީ ފައިދާތަކާއި ލުއިފަސޭހަތައް ލިބިގެން ދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އިންޓަނެޓް އަދި ޓީވީ ފަދަ މުއާސަލާތީ ހިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށްވެސް އެއް ވިއުގައެއް ބޭނުންކޮށްގެން ހިދުމަތް ދެވޭގޮތަށް އެޗްޑީސީން ފަރުމާކޮށްފައިވާ މި އޯޕެން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ހިދުމަތް ދޭން ދިރާގު އަދި މީޑިއާނެޓުން މިހާރު ވަނީ ފަށައިފައެވެ.
އެޗްޑީސީގެ އޯޕެން އެކްސެސް ނެޓްވޯކަކީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރެއްގެ މައިގަނޑު ވިއުގައެވެ. މީގެ ޒަރީއާއިން އިންޓަނެޓް އަދި ޓީވީގެ ހިދުމަތްތައް ފޯރުކޮށްދޭ އެކި ފަރާތްތަކަށް އެއްވިއުގައަކުން އަވަސްކަމާއި އަދި ހިދުމަތް ދިނުމަށް ހަރަދުކުޑަވާނެ ގޮތަކަށް ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުފަހިވެގެން ދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު