ރ. ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައެެއް ނިމިއްޖެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓު ކޮމްޕެނީ (އެމްޓީސީސ)އިން ބުނެފިއެވެ.
އެގޮތުން އެ ކުންފުނީން ބުނީ މި މަޝްރޫއުގެ 63 ޕަސެންޓު މިހާރު ނިމިފައިވާ ކަމަށެވެ.
އެމްޓީސީސީއިން ފައިނުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި ރިވެޓްމެންޓު ޖެހުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ އެއް ވަނަ ދުވަހުއެވެ. މިއީ 8.96 މިލިއަން ރުފިޔާގެ މަޝްރޫއުކެވެ.
ފައިނުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން 8،100 ކިއުބިކް މީޓަރުގެ ވެލި ބެކްފިލިޕް ކުރުމާއި، 250 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓު ޖެހުމުގެ މަސައްކަތް ވެސް ހިމެނެއެވެ.
ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައި ވަނީ، ސެފްޓެމްބަރު މަހު 14 ވަނަ ދުވަހު ކަމަށް އެމްޓީސީސީން ކުރީން ބުނެފައި ވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު