Close
ޚަބަރު

ށ. ގޮއިދޫން 19 މީހަކު ކޮވިޑަށް ޕޮޒިޓިވް، ރަށް މޮނީޓަރިންއަށް

އަލީ ޔާމިން

ށ. ގޮއިދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ށ. ގޮއިދޫ ކައުންސިލުގެ މެންބަރު ހުސައިން ޒިޔާދު މިރޭ "ވަން" އަށް ވިދާޅުވީ، އެރަށުން ބަޔަކު ފުރަތަމަ ޕޮޒިޓިވްވީ މިދިޔަ އާދީއްތަ ދުވަހު ކަމަށާއި އެދުވަހު ޕޮޒިޓިވްވީ ކުޑަ އަންހެން ކުއްޖަކާއި އުމުރުން ދޮށީ އަންހެނެއް ކަމަށެވެ. އަލާމާތްތައް ހުރެގެން އެމީހުންގެ ސާމްޕަލް ނެގީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.

ޒިޔާދު ވިދާޅުވީ، އެމީހުންގެ ކޮންޓެކްޓުންނާއި ރަށު ތެރެއިން ރެންޑަމްކޮށް 49 ސާމްޕަލް ނެގި ކަމަށާއި އޭގެ ތެރެއިން 15 މީހަކު ޕޮޒިޓިވްވި ކަމަށެވެ. އެމީހުންގެ އިތުރުން ވެސް ދެ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގޮއިދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިރޭގެ ވަގުތެއްގައެެވެ. އެ ރަށުން މިހާތަނަށް ޖުމުލަ 19 މީހަކު ޕޮޒިޓިވްވެފައިވާ އިރު، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.