އަންހެން ކުދިންނަށް ކޮމްޕިއުޓާ ކޯޑިން ދަސްކޮށްދިނުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ވިމެން އިން ޓެކް މޯލްޑިވްސްއާ ގުޅިގެން ކުރިއަށްގެންދަން ހަމަޖައްސާފައިވާ "ކޮމްޕިއުޓާ ކޯޑިން ފޯ ބިގިނާސް 2021" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެޗްޑީސީން ބުނީ، އެ ޕްރޮގްރާމަކީ އަންހެން ކުދިން ބާރުވެރިކުރުވުމަށާއި ހުޅުމާލެއަކީ ސްމާޓް ސިޓީއަކަށް ހެދުމަށްޓަކައި ޓެކްނޮލޮޖީގެ ޒަރިއްޔާއިން ސިޓީއަށް އެފަދަ ބަދަލުތައް ގެނެވޭނެ ގޮތް ކުދިންނަށް ދަސްކޮށްދިނުމާއެކު އެ ދާއިރާއިން އަންހެން ކުދިންގެ ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދަން ހަމަޖައްސާފައިވާ ޕްރޮގްރާމެއް ކަމަށެވެ.
އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ، ގްރޭޑް 6 އަދި ގްރޭޑް 7 ގައި ކިޔަވަމުން އަންނަ އަންހެން ދަރިވަރުންގެ ތެރެއިން ފޯމު ހުށަހަޅާ ފުރަތަމަ 20 ކުދިން ހިމަނައިގެންނެވެ.
އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 8 އިން އަންނަ މަހުގެ 6 އަށް އޮންލައިންކޮށެވެ.
ކޮމްޕިއުޓާ ކޯޑިން ފޯ ބިގިނާސް 2021 ގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު، ބަލައިގަތުމަށް ހަމަޖައްސާފައިވަނީ މިމަހުގެ ހަތްވަނަ ދުވަހުގެ 15:00ގެ ނިޔަލަށް އޮންލައިންކޮށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު