އެނާޖީ ޓްރާންސިޝަން އެކްސެލެރޭޓަރު ފައިނޭންސިން ޕްލެޓްފޯމް (އީޓީއޭއެފް) ޕްރޮޖެކްޓް ފެސިލިޓީގެ އެހީ ލިބޭ ފުރަތަމަ ގައުމަކަށް ރާއްޖެ ހަމަޖައްސައިފިއެވެ.
ތަރައްގީވަމުން އަންނަ ގައުމުތަކަށް، ހާއްސަކޮށް ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ގައުމުތަކުގެ ތެރެއިން ހޮވައިލެވޭ ގައުމުތަކަށް، މޫސުމަށް އަންނަ ބަދަލުތަކާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ބޭނުންވާ މާލީ އެހީތެރިކަން ފަހިކޮށްދިނުމަށް އީޓީއޭއެފުން އެހީތެރިވެދޭނެއެވެ.
އިނގިރޭސިވިލާތުގެ ސްކޮޓްލަންޑްގެ ގްލަސްގޯގައި މިހާރު ކުރިޔަށްދާ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް 26)ގެ ހަވާސާގައި އިއްޔެ ބޭއްވި އިންޓަނޭޝަނަލް ރިނިއުބަލް އެނަޖީ އޭޖެންސީ (އައިރީނާ)ގެ އެނަޖީ ޓްރާންސިޝަން އެކްސެލެރޭޓަރު ފައިނޭންސިން ޕްލެޓްފޯމް (އީޓީއޭއެފް) އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބައިވެވިވެވަޑައިގެންފައެވެ.
ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ބައިވެރިންގެ އެހީތެރިކަމާއެކު 2030 ވަނަ އަހަރުގެ ނިޔަލަށް ނެޓްޒީރޯ ހާސިލުކުރުމަށް ވައުދުވެފައެވެ.
އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އޭޖެންސީ (އައިރީނާ) އާއި އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ސަރުކާރުން، އައިރީނާ/އޭޑީއެފްޑީ ޕްރޮޖެކްޓް ފެސިލިޓީ އުފެއްދީ ތަރައްގީވަމުން އަންނަ ގައުމުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އިއާދަކުރަނިވި ހަކަތަ ހޯދުމުގައި އެހީތެރިވުމަށެވެ.
އެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއަކީ އީޓީއޭއެފް ފެސިލިޓީގެ މަންފާ ލިބޭ ފުރަތަމަ ގައުމު ކަމަށާއި އެކަމަށްޓަކައި އައިރީނާ އާއި އޭޑީއެފްޑީ އަދި ޔޫއޭއީގެ ސަރުކާރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ރައީސް ވިދާޅުވީ، މި ޕްރޮޖެކްޓުގެ ފުރަތަމަ ބުރުގައި، 0.5 މެގަވޮޓްގެ ކުނިން ހަކަތަ އުފައްދާ ކުޑަ ޕްރޮޖެކްޓެއް ފަށާނެ ކަމަށާއި ރާއްޖެއިން އެދުނު ދެވަނަ ޕްރޮޖެކްޓް ހިމެނިފައިވަނީ ޕްރޮޖެކްޓުގެ ހަތް ވަނަ ބުރުގައި ކަމަށެވެ.
އައްޑޫ ސިޓީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކުނިން ހަކަތަ އުފައްދާ މި ޕްރޮޖްކެޓުގައި، 1.5 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ ކަމަށް ބެލެވޭ ކަމަށާއި މި ޕްރޮޖެކްޓުގެ މަންފާ 35،000 މީހުންގެ އާބާދީއަކަށް ލިބިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު