ދިރާގު އޭޑީއެސްއެލްގެ ކަސްޓަމަރުންނަށް ހިލޭ ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑް ހިދުމަތަށް ބަދަލުކުރުމަށް ކުރިއަށްގެންދާ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފިއެވެ.
ދިރާގުން ބުނީ ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑް ހިދުމަތަށް ބަދަލުކުރުމަށް ކުރިއަށްގެންދިޔަ ހާއްސަ ޕްރޮމޯޝަންގެ މުއްދަތު އަންނަ މަހުގެ 31ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށާއި މިއީ އެޑީއެސްއެލްގެ ކަސްޓަމަރުންނަށް ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި ފައިބާ ނެޓްވޯކާ ހިލޭ ގުޅައިލުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ. މި ޕްރޮމޯޝަނުގެ ދަށުން ހިލޭ ފައިބާ ގުޅައިދިނުމުގެ އިތުރުން ފައިބާއަށް ބޭނުންވާ ހާއްސަ ރައުޓާ ނުވަތަ އޯއެންޓީ ވެސް ހިލޭ ލިބިގެންދާނެ ކަމަށް އެކުންފުނިން ބުންޏެވެ.
ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ ގިނަ، އެންމެ މަތީ ސްޕީޑުގެ ޕެކޭޖުތައް ހިމެނޭ ހިދުމަތެވެ. ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކް، ދިރާގު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކް ރާއްޖޭގެ ގޭބިސީގެ 80 ޕަސެންޓަށް މިހާރު ފޯރުކޮށްދެމުން އަންނަ ކަމަށާއި އޭގެ ތެރޭގައި 65 ރަށް ހިމެނޭ ކަމަށް އެކުންފުނިން ބުނެއެވެ.
ދިރާގުން ބުނީ އޭޑީއެސްއެލް ކަސްޓަމަރުން ފައިބާއަށް އަޕްގްރޭޑް ކޮށްލުމަށް ދިރާގު ވެބްސައިޓުގައިވާ [މައި އެކައުންޓް ](https://www.dhiraagu.com.mv/ocs/login.aspx) މެދުވެރިކޮށް ފަސޭހަކަމާއެކު ކޮށްލެވޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު