ދިރާގު ހޯމް ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޑޭޓާ ރޯލްއޯވާ ތައާރަފުކޮށްފިއެވެ.

ދިރާގުން ބުނީ ޑޭޓާ ރޯލްއޯވާ ތައާރަފުކުރުމާއެކު މިދިޔަ މަސް ނިމިގެންދިޔަ އިރު، ދިރާގު ހޯމް ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންގެ ޕެކޭޖުގައި ބޭނުން ނުކޮށް ހުރި ހުރިހާ އެލަވަންސެއް މިމަހުގެ އެލަވަންސާއެކު ހިމަނާފައިވާނެ ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތްތާނގައިވެސް އެ މަހެއްގައި ބޭނުން ނުކުރެވި ހުންނަ އިތުރު އެލަވަންސް ޖެހިގެން އަންނަ މަހުގެ އެލަވެންސާއެކު ހިމެނިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

މި ރޯލްއޯވާ ކުރެވޭ ޑޭޓާ ބޭނުންކުރެވޭނީ އެއް މަސްދުވަހުގެ މުއްދަތަށެވެ. މިއީ ދިރާގު ހޯމް ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު ހަރަދަކާ ނުލައި އިތުރު ޑޭޓާ ބޭނުންކޮށްލުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެއް ކަމަށް އެކުންފުނިން ބުންޏެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުން އަންނަ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖުތައް ހިމެނޭ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. އެގޮތުން ރާއްޖޭގެ ގޭބިސީގެ 80 ޕަސަންޓަށް މި ހިދުމަތް ދިރާގުން ފޯރުކޮށްދީފައިވާ އިރު، މީގެ ތެރޭގައި 65 ރަށެއް ހިމެނެއެވެ.