ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކްރެޑިޓް ކާޑަށް އަލަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.
ބީއެމްއެލުން ބުނީ، މި ޕްރޮމޯޝަނުގެ ދަށުން ކްރެޑިޓް ކާޑުގެ ޖޮއިނިން ފީ އާއި ފުރަތަމަ އަހަރުގެ އެނުއަލް ފީ ނުނަގާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ޕްރޮމޯޝަންގެ ދަށުން ފުރަތަމަ 500 ކަސްޓަމަރުންގެ ތެރެއިން ކޮންމެ ކަސްޓަމަރަކަށް 2500 ރުފިޔާގެ ކޭޝްބެކް ދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.
އޭގެ އިތުރުން އެ ޕްރޮމޯޝަންގެ ދަށުން ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް ދެ އިނާމެއް ހޯދުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.
• ކޮންމެ ހަފުތާއަކު ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް 5،000 ރުފިޔާގެ ގިފްޓު ކާޑެއް
• 100،000 ރުފިޔާއާ ހަމައަށް ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ފައިސާ އުނިވެގެންދާނެ
ބީއެމްއެލުން ދާދި ފަހުން ވަނީ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް އަމާޒުކޮށް "ބީއެމްއެލް ރިވޯޑްސް"ގެ ނަމުގައި އެކްސްކްލޫސިވް ލޯޔަލްޓީ ޕްރޮގްރާމެއްވެސް އިފުތިތާހުކޮށްފައެވެ.
ބީއެމްއެލް ރިވޯޑްސް މެދުވެރިކޮށް ކަސްޓަމަރުންނަށް ކްރެޑިޓް ކާޑު ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކަށް ރިވޯޑް ޕޮއިންޓްސް ލިބޭނެއެވެ. މިގޮަތަށް ލިބޭ ޕޮއިންޓް ރިޑީމް ކޮށްގެން ގިނަ އެއާލައިނާއި ހޮޓެލާއި ކާރު ކުއްޔަށް ނެގުމުގެ އިތުރުން އެމޭޒަން އެޕްސްޓޯ، އައިޓިއުންސް، ގޫގުލް ޕްލޭ، ޕްލޭސްޓޭޝަން ފަދަ މަގުބޫލު ބުރޭންޑުތަކުގެ ގިފްޓު ކާޑު ގަތުމުގެ ފުރުސަތުވެސް ލިބިގެންދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު