ހއ. ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމާލައިފިއެވެ.
އެ މަޝްރޫއު ކުރިއަށް ގެންދިޔަ އެމްޓީސީސީން ބުނީ، މަޝްރޫއު ނިންމާލައިފައިވަނީ މިމަހުގެ 27 ވަނަ ދުވަހު ކަމަށެވެ.
އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.
އެ މަޝްރޫއުގެ ދަށުން ރަށް ގިރުމުން ސަލާމަތް ކުރުމަށް ޓަކައި 310 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ.
އެ މަޝްރޫއަކީ 2.10 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު