ރޯށަނީ މަގުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކަށް ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު ގެއްލުން ދީފިއެވެ.
މަންޒަރު ދުށް ފަރާތަކުން "ވަން" އަށް ބުނި ގޮތުގައި ސައިކަލުތަކަށް ޖާބިރު ގެއްލުން ދީފައިވަނީ ރޭ މެންދަމުގެ ވަގުތެއްގައެވެ. އަދި އެ ސަރަހައްދުގައި ހުރި އަށް ސައިކަލެއް ވައްޓާލައި އެކިވަރުގެ ގެއްލުންދީފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
"އެ ސަރަހައްދުގައި ހުރި އަށް ސައިކަލު ވައްޓާލި. ބައެއް ސައިކަލުތަކަށް އެބަހުރި އެކިވަރުގެ ގެއްލުންވެފައި. ޖާބިރު ބުނީ އެއްކަމެއްވެސް ނުކުރެވޭނެއޭ. ފުލުހުން އައިސްފިނަމަ ބުނާށޭ ތިކަން ކުރީ ތިމަންނާއޭ،" އޭނާ ބުންޏެވެ.
ޖާބިރު ގެއްލުންދީފައިވަނީ ހ. ތިމާވެށީގެ ކުރިމަތީގައި ޕާކުކޮށްފައި ހުރި އާންމުންގެ ސައިކަލުތަކަކަށެވެ. އެ މައްސަލަ އާންމު ފަރާތަކުން ވަނީ ފުލުހުންނަށްވެސް ހުށަހަޅައިފައެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ހޯދަން ފޯނަށް ގުޅުމުން، ފޯނަށް ޖަވާބު ދީފައިނުވާތީ ފުލުހުންގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު