ކުޅިވަރު

ރޮނާލްޑޯގެ ލޯބިވެރިޔާ އަނެއްކާވެސް ބަނޑުބޮޑު، މިފަހަރުވެސް އެއްމާބަނޑު ދެ ކުދީން

މުޙައްމަދު ޝަމްޢޫން

ކްރިސްޓިއާނޯ ރޮނާލްޑޯގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް އަނެއްކާވެސް އެއް މާބަނޑު ދެކުދިންނަށް ބަނޑުބޮޑު ކަމަށް ބުނެފި އެވެ.

ރޮނާލްޑޯ އާއި ލޯބިވެރިޔާ ޖޯޖީނާ އެކުގައި އިންސްޓާގްރާމުގައި ކުރި ޕޯސްޓެއްގައި ވަނީ އެކަން ޔަގީންކޮށްދީފައެވެ.

ދެ ކުދިންގެ ސްކޭން ފޮޓޯއަކާއެކު އެ ހަބަރު ހިއްސާކުރަމުން ރޮނާލްޑޯ ބުނެފައި ވަނީ ހިތް ފުރިފައި ވަނީ ލޯބިން ކަމަށާއި، ދެކުދީންނާ ބައްދަލުވާން ދެމީހުން ކެތް މަދުވެފައި ތިބި ކަމަށެވެ.

އެ ފޮޓޯއާއެކު ދެން އެ ޕޯސްޓުގައި ހިމަނާފައިވާ ފޮޓޯއަކީ މިހާރު ތިބި ހަތަރު ކުދިންނާއެކު ރޮނާލްޑޯ ޕޫލެއްގެ ތެރޭގައި އިން ފޮޓޯއެކެވެ. ރޮނާލްޑޯގެ މިހާރު ތިބި ދަރިންނަނީ އުމުރުން 11 އަހަރުގެ ރޮނާލްޑޯ ޖޫނިއާގެ އިތުރުން އުމުރުން ހަތަރުގެ އެއްމާބަނޑު ދެކުދިން ކަމަށްވާ އޭވާ އާއި މަޓެއޯ އަދި އުމުރުން ތިން އަހަރުގެ ދަރިފުޅު އެލާނާއެވެ.

އުމުރުން 36 އަހަރުގެ ރޮނާލްޑޯ ލޯބީގެ ގޮތުން އުމުރުން 27 އަހަރުގެ ޖޯޖީނާ އާއި ގުޅިގެން އުޅޭތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އެ ދެމީހުންނަށް ތިން ދަރިން ލިބިފައިވާއިރު، ރޮނާލްޑޯ ޖޫނިއާއަކީ ސަރޮގޭޓް މަންމައަކަށް ހޯދައިފައިވާ ދަރިއެކެވެ. ރޮނާލްޑޯ ޖޫނިއާގެ މަންމަ ރޮނާލްޑޯ ހާމަކޮށްފައެއް ނުވެއެވެ.

ދުނިޔޭގެ އެންމެމޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯއަކީ ފުޓުބޯޅަ ތާރީހުގައިވެސް އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިޔާއެވެ. ކެރިއަރުގައި މިހާތަނަށް 800 ގޯލަށް ވުރެ ގިނަ ގޯލު ޖަހާފައިވާ ރޮނާލްޑޯއަކީ ތާރީހުގައިވެސް ފެނުނު އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. މިދިޔަ ސީޒަންގައި ޔުވެންޓަސް އަށް ކުޅުމަށްފަހު ރޮނާލްޑޯ މި ސީޒަނަށް ވަނީ އޭނާގެ ކުރީގެ ކްލަބު މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެފައެވެ. ކުރިން ރެއާލް މެޑްރިޑާއި ޕޯޗުގަލްގެ ސްޕޯޓިން ލިސްބަންއަށްވެސް ރޮނާލްޑޯ ކުޅެފައިވާއިރު، އާއިލާއާއެކު މިހާރު ދިރިއުޅެނީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ގައެވެ.