ހިއުމަން ރައިޓްސް ކޮމިޝަން ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ރައީސް ކަމުގެ މަގާމަށް އެ ކޮމިޝަންގެ މެންބަރު މ. ބާރަނާގެ، މަރިޔަމް މުނާ އަދި ނާއިބު ރައީސަކަށް މއ. މާވެޔޮގޭ، ޑރ. އަހުމަދު އަދުހަމް އަބުދުﷲ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މުނާގެ ނަން ފާސްކުރީ ޖަލްސާގައި ތިއްބެވި 49 މެންބަރުންގެ ތެރެއިން 47 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އަދުހަމްގެ ނަން ފާސްކުރީ ޖަލްސާގައި ތިއްބެވި 49 މެންބަރުންގެ ތެރެއިން 46 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
އެ ދެބޭފުޅުންގެ ނަން މަޖިލީހުން ފާސްކުރީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވި ގޮތަށެވެ.
އެޗްއާރުސީއެމްގެ މެންބަރުންގެ ގޮތުގައި ދެން ތިއްބަވަނީ މޫމިނާ ވަހީދާއި އާމިނަތު ޝަފާތު އަބްދުލް ރައްޒާގު އަދި ސަމާއު އަހުމަދު ނަޖީބެވެ.
ޚަބަރު
ޚަބަރު
ޚަބަރު